ލަންކާ އެއާޕޯޓުގައި ފަސިންޖަރެއްގެ ދަބަހަކުން ވައްކަންކުރި މުވައްޒަފަކު ހައްޔަރުކޮށްފި


28 ސެޕްޓެމްބަރު 2024 - 17:06
ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ލަންކާގެ ބަންޑާނަރަނަޔަކަ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރެއްގެ ދަބަހުން މުދާ ވަގަށް ނެގުމުގެ ތުހުމަތުގައި އެ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.ލަންކާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މިފަދަ މައްސަލައެއްގައި އެއަރޕޯޓުގެ ދަބަސް ރައްކާކުރާ ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފެއް އެއަރޕޯޓު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.ސެޕްޓެމްބަރު 23 ވަނަ ދުވަހު މެލޭޝިއާއިން އައި ފަސިންޖަރުންގެ ދަބަހުން މުދާ ވަގަށް ނަގަން ދަބަސް ރައްކާކުރާ ސަރަޙައްދަށް ސިއްރުން ވަދެގެން އުޅޭތަން އެ ސަރަޙައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުން ފެނިފައިވެއެވެ.ސްރީލަންކަން އެއަރލައިންސްގެ ތަޙުޤީޤު ޔުނިޓުން މި ވީޑިއޯ ބަލައި، އެއަރޕޯޓު ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މި މީހާ ވަނީ ހައްޔަރުކުރެވިފައެވެ.ފަސިންޖަރުންގެ ފަރާތުން މުދާ ގެއްލިފައިވާކަމުގެ ޝަކުވާތައް ސްރީލަންކަން އެއަރލައިންސްއަށާއި ކަޓުނާޔަކަ އެއަރޕޯޓުގެ މުވައްޒަފުންނަށް ތަކުރާރުކޮށް ލިބެމުން ދިޔުމާ ގުޅިގެން އެފަރާތްތަކުން ވަނީ ސަމާލުކަން ދީފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މި މީހާ ވަނީ ހައްޔަރުކުރެވިފައެވެ.ކަޓުނާޔަކަ އެއަރޕޯޓު ފުލުހުން މިހާރު ދަނީ މި ހައްޔަރުކުރުމާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންނެވެ.
އިތުރު ލިޔުންތައް

ލަންކާގައި ބާއްވާ އިންތިޙާބާއި ގުޅިގެން ދިވެހިން ސަމާލުވާން އަންގައިފި
9 މަސް ކުރިން
ސްރީލަންކާގެ ރިޔާސީ އިންތިޙާބު 2024، ޤައުމުގެ ކުރިމަގު ބައްޓަންކުރާނީ ކޮން ކެންޑިޑޭޓެއް؟
9 މަސް ކުރިން
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ގުނަން ފަށައިފި
9 މަސް ކުރިން