logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ލަންކާގައި ބާއްވާ އިންތިޙާބާއި ގުޅިގެން ދިވެހިން ސަމާލުވާން އަންގައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
20 ސެޕްޓެމްބަރު 2024 - 04:00
ސްރީލަންކާގެ ބާއްވާ އިންތިޚާބަށް ބަޔަކު ކެމްޕެއިން ކުރަނީ
ސްރީލަންކާގެ ބާއްވާ އިންތިޚާބަށް ބަޔަކު ކެމްޕެއިން ކުރަނީ

ސްރީލަންކާގައި ބާއްވާ އިންތިޚާބާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އަންގައިފިއެވެ،

މި އިންތިޙާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބާއި ގުޅިގެން ސްރީލަންކާގައި ވަނީ ސަލާމަތީ ފިޔަވަޅުވެސް އިތުރުކޮށްފައެވެ. ބޭރުގައި އުޅޭ އިރު އަދި އެހެނިހެން ތަންތަނަށްދާއިރު އަތުގައި އޮންނަ ކާކުކަން އަންގައިދޭ ރަސްމީލިޔުން ގެންދަން ދިވެހި އެމްބަސީ އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރަށް މީހުން އެއްވާ ތަންތަނަށް ދާއިރު ސަމާލުކަން ދިނުމަށާއި ވޯޓުފޮށިތަކާއި ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިއުމަށް ވެސް ދިވެހި އެމްބަސީއިން ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިރައްޔިތުންނަށް އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ވަނީ ލަންކާގެ ފުލުހުންގެ އިރުޝާދުތަކަށް ކިޔަމަންވުމަށާއި ޒަރޫރީ ތަކެތި ކުރީބައިގަ ހޯދުމަށްވެސް އިލްތިމާސްކުރައްވާފައެވެ އަދި ވިސާއާއި ގުޅުންހުރި ކަންތައް ކުރިއަށް އޮތް ހަފްތާ ބަންދުގެ ކުރިން ހަމަޖެއްސުމަށް ވެސް ދިވެހި އެމްބަސީ އިން ވަނީ އަންގާފައެވެ.

2022 ވަނަ އަހަރު ގޮތަބަޔަ ރާޖަޕަކްސަވަނީ އިސްތިއުފާދީފައެވެ. ލަންކާގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާ ތަކަށް ފަހު އެގައުމުގެ ރައްޔިތުން ވަނީ ގޮތަބަޔަ ރާޖަޕަކްސާ މަގާމުން ދުރުކޮށްފައެވެ. ގޮތަބަޔަ ރާޖަޕަކްސަ އަކީ ސްރީލަންކާގެ 8 ވަނަ ރައީސްއެވެ. އޭގެ ކުރިން އޭނާ ވަނީ ސްރީލަންކާގެ އަސްކަރިއްޔާގައި އިސް އޮފިޝަލެއްގެ މަގާމު އަދާކޮށްފައެވެ.

ސްރީލަންކާގައި ބާއްވާ މި އިންތިޚާބުގައި 38 ކޭނޑިޑޭޓުން ބައިވެރިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މީޤާތު އީމާން ފޯވަހި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ލަންކާގަޚަބަރު | 2 މަސް ކުރިންރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | 2 މަސް ކުރިންސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފިޚަބަރު | 4 މަސް ކުރިންލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | 4 މަސް ކުރިން