އަނިޔާވެ ރަފީނިޔާ އަދި ޖޮއާން ގާސިއާ އަށް ޕީއެސްޖީ މެޗު ގެއްލިއްޖެ
27 ސެޕްޓެމްބަރު 2025 - 03:35

ބާސެލޯނާގެ ބްރެޒިލިއަން ފޯވާޑް ރަފީނިޔާ އަދި ގޯލްކީޕަރު ޖޯން ގާސިއާ އަށް އަނިޔާވުމާއި ގުޅިގެން އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހު ކުޅެން ޗެންޕިއަންސް ލީގުގެގައި ޕީއެސްޖީ އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ދެކުޅުންތެރިންނަށްވެސް ނުކުޅެވޭނެކަން ޔަޤީންވެއްޖެއެވެ.
ހެމްސްޓްރިންގ އަނިޔާގެ ސަބަބުން ރަފިންހާ ގާތްގަނޑަކަށް ތިން ހަފްތާއަށް ދުރުވާނެ ކަމަށް ލަފާކުރެވޭއިރު، ގާސިއާގެ ވައަތު ކަކުލުގެ މެނިސްކަސް ކެނޑިފައިވުމާ ގުޅިގެން ސަރޖަރީއެއް ކުރަން ޖެހުމުން، އޭނާގެ ރިކަވަރީއަށް ބަލާއިރު 4 އިން 6 ހަފްތާއަށް ދުރުވާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation
ލީގުގައި ދެވަނައިގައި އޮތް ބާސެލޯނާ، ރެއަލް މެޑްރިޑާ ދެމެދު 2 ޕޮއިންޓުގެ ތަފާތެއް އޮތްއިރު، މިހާރުވެސް ކަކުލުގެ ސަރޖަރީއަކާ ގުޅިގެން ގާވީ 5 މަސް ދުވަހަށް ދުރުވެފައިވެއެވެ. އަދި ފަރްމިން ލޯޕެޒްއަށްވެސް އަނިޔާވެފައިވާއިރު، ލަމީން ޔަމާލް އަދި އަލެހާންޑްރޯ ބާލްޑޭ މި ހަފްތާ ފަހު ކޮޅު އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.
ހާންސީ ފްލިކްގެ ޓީމު މި ސީޒަނުގައި އަދި ބަލިނުވާއިރު، ލީގުގައި އާދީއްތަ ދުވަހު ރެއަލް ސޮސިއެޑާޑްއައި ކުރިމަތިލާނެއެވެ. އަދި ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ކުރިމަތިލާނެއެވެ.
ޖޫން މަހު އެސްޕަންޔޯލުން ބާސެލޯނާއަށް ބަދަލުވި ގާސިއާ މި ސީޒަނުގައި ހުރިހާ މެޗެއްގައި ކުޅެފައިވާއިރު، މާކް-އާންދްރޭ ޓަރ ސްޓެގެންވެސް އިންޖަރީގައި އޮތުމާއެކު، ވޯޖެކް ޝެޒްނީ ގޯލުގައި ހުންނާނެ ކަމަށް ބެލެވެއެވެ.