logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތު ގޯލުޖަހަމުން މޮޅުވަމުން އައި ލިވަޕޫލް ފަހުވަގުތު ސައިޒަށް ކަނޑާލައިފި

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2025 - 17:29
ފަހުވަގުތު ގޯލުޖަހަމުން މޮޅުވަމުން އައި ލިވަޕޫލް ފަހުވަގުތު ސައިޒަށް ކަނޑާލައިފި

ޕްރިމިއަރ ލީގުގެ މިމޫސުމުގެ ފެށުމުގައި ވިދިވިދިގެން ކާމިޔާބީ ހޯދަމުން އައި ލިވަރޕޫލްގެ ރެކޯޑު މިއަދު ނިމުމަކަށް އައިސްފިއެވެ. ސެލްހަރސްޓް ޕާކުގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސްއިން 2-1 އިން ލިވަރޕޫލް ބަލިކޮށްލިއެވެ. މެޗުން މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އާސެނަލްގެ ކުރީގެ ކުލުންތެރިޔާ އެޑީ ންކެޓިއާ 97 ވަނަ މިނެޓުގައެވެ.

އޮލިވަރ ގްލާސްނަރގެ ދަށުން ރަނގަޅު ފޯމެއްގައި ކުޅެމުންދާ ޕެލަސްއަށް ލީދު ނަގައިދިނީ އިސްމާއިލާ ސަރގެ ލަނޑުންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި ކޯނަރ ކިކަކުން ލިބުނު ބޯޅައެއް ސަރގެ ފައިމައްޗަށް އަމާޒުވުމުން އޭނާ ޖެހި ވަރުގަދަ ޝޮޓުން ވަނީ ގޯލުޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގައި ޕެލަސްއަށް އިތުރު ލަނޑުތަކެއް ޖެހުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް ލިވަރޕޫލްގެ ބްރެޒިލް ގޯލްކީޕަރ އަލިސަން ދެއްކި މޮޅުކުޅުމާއެކު އެހަމަލާތައް ވަނީ ހުއްޓުވާފައެވެ.

ދެވަނަ ހާފުގައި ލިވަރޕޫލްގެ ކުޅުން ރަނގަޅުވެ، ފްލޯރިއަން ވަރޓްޒް އަދި އަލެކްސަންޑަރ އިސާކަށް ލަނޑުޖެހުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަދި 87 ވަނަ މިނެޓުގައި ސަބްސްޓިޓިއުޓްގެ ގޮތުގައި ކުޅެން ނުކުތް ފެޑެރިކޯ ކިއެސާ ލިވަރޕޫލް އަށް ގޯލުޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުތަކުގައި މާކް ގުއެހީ ދިން ބޯޅައެއް ންކެޓިއާ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ. މިއީ މިސީޒަނުގައި 85 ވަނަ މިނެޓުގެ ފަހުން ގިނަ ގޯލުޖަހައިގެން މޮޅުވަމުން އައި ލިވަޕޫލަށް ފަހުގަޑީގައި ދިން ރަނގަޅު ފިލާވަޅެކެވެ.

މި ކާމިޔާބީއާއެކު ޕެލަސް ވަނީ ބަލިނުވެ 18 މެޗު ހަމަކޮސްފައެވެ. މިއީ ކުލަބުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބަލިނުވުމުގެ ރެކޯޑެވެ. މިމޮޅާއެކު ޕެލަސް ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާވަލުގެ ފުލުގައިއޮތް ޅީޑްސްއިން ފަހުވަގުތުޖެހި ގޯލާއެކު ލިވަޕޫލުގެ ބަނަދުވަސްތައް ކުރިޔަށްކުޅިވަރު | ދުވަހެއް ކުރިންއިސާކް މިއީ ސްކޭމް އެއްތަ؟ ލިވަޕޫލުން ކަންބޮޑުވާ ދަރަޖައަށް ކުޅުންތެރިޔާ ވެއްޓިއްޖެ ކުޅިވަރު | 2 ދުވަސް ކުރިންޕްރީމިއަރ ލީގުގެ އެންމެ އަގުބޮޑު ފޯވާޑް 13 މެޗުފަހުން ލަނޑެއް ޖަހައި ލިވަޕޫލަށް މޮޅެއް ހޯދައިދީފިކުޅިވަރު | 7 ދުވަސް ކުރިންއާނޭ ސްލޮޓް ލިވަޕޫލް ކޮށި ވަޅިއަކުން ވީދައި ހުސްކުރަނީކުޅިވަރު | 11 ދުވަސް ކުރިން