ވޯލްޑް ޗެންޕިއަން ޕްރީމިއަރ ލީގުގައި މޮޅެއް ނުލިބި އެއް މަސް ހަމަކޮށްފި
27 ސެޕްޓެމްބަރު 2025 - 17:46

ސްޓެމްފޯޑް ބްރިޖުގައި ވޯލްޑް ޗެންޕިއަން ޗެލްސީ ބްރައިޓަން އަތުން ފަހުވަގުތު ބަލިވެއްޖެއެވެ.
53 ވަނަ މިނެޓުގައި ޗަލޯބާ އަށް ދެއްކި ރަތްކާދާއެކު މެ ޗުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ޗެލްސީ އަތުން ބްރައިޓަން މޮޅުވީ 3-1 އިންނެވެ. މިމެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ވެލްބެކް ވަނީ 2 ލަނޑު ޖަހާފައެވެ.

Ad by Hajj Corporation
މެޗުގެ 24 ވަނަ މިނެޓްގައި ރީސް ޖޭމްސްގެ ކްރޮސް އެއް ޑިފްލެކްޓްވެގެން ގޮސް އެންޒޯ ފެނާންޑޭސްއަށް ލިބުނު ފުރުސަތުން ޗެލްސީ ވަނީ ލީޑު ނަގާފައެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ޓްރެވޯ ޗެލޯބާ ވަނީ ޑިއެގޯ ގޯމެޒްއަށް ފައުލް ކުރުމުން ސީދާ ރަތް ކާޑު ދައްކާފައެވެ. މި ނިންމުމަކީ ވީއޭއާރުގެ އެހީގައި ބަދަލުކުރި ނިންމުމެކެވެ.
77 ވަނަ މިނެޓްގައި ޔަންކުބާ މިންޓޭގެ ހުރަހަކުން ވެލްބެކް ވަނީ ލަނޑު ޖަހާ މެޗު އެއްވަރުކޮށްފައެވެ. އިތުރުކުރި ވަގުތުގެ ދެވަނަ މިނެޓްގައި މެޓްސް ވީފަރގެ ހުރަހަކުން މެކްސިމް ޑި ކިއުޕަރ ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. އަދި 100 ވަނަ މިނެޓްގައި ވެލްބެކް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިދީ ތިން ޕޮއިންޓް ޔަޤީންކޮށްދީފައެއެވެ.
މި ބައްޔާއެކު ޗެލްސީ ވަނީ ތާވަލުގެ 7 ވަނައަށް ފައިބާފައެވެ. މިބައްޔާއެކު ޗެލްސީ މިމަހުގައި ލީގުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ދެން އެންމެ އެންމެ އަވަހަށް ލީގު މެޗެއް ޗެލްސީ ކުލޭނީ އޮކްޓީބަރުމަހުގެ 4 ވަނަ ދުވަހުގައި ލިވަޕޫލާއި ދެކޮޅަށެވެ.