logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީގެ އަމިއްލަ ދަނޑުގައި ފަހަތުން އަރައި އެޓީމު ބަލިކުރުމަށްފަހު، ސަންޑަލޭންޑް ދެވަނައަށް

އަބްދުﷲ ޣާނިމް
25 އޮކްޓޯބަރު 2025 - 18:37
ޗެލްސީގެ އަމިއްލަ ދަނޑުގައި ފަހަތުން އަރައި އެޓީމު ބަލިކުރުމަށްފަހު، ސަންޑަލޭންޑް ދެވަނައަށް

ޕްރިމިއާ ލީގުގައި ވޯލްޑް ޗެންޕިއަން ޗެލްސީގެ އަމިއްލަ ލަނޑުގައި އެޓީމު ލީޑު ނަގާފައިވަނިކޮށް، ފަހުވަގުތު ފަހަތުން އަރައި މޮޅުވެ، ސަންޑަލޭންޑް ތާވަލުގެ ދެވަނަ އަށް އަރައިފިއެވެ. މަމިމެޗު ސަންޑަލޭންޑުން ކާމިޔާބުކުރީ 2-1 ންނެވެ.

މެޗުގެ ފެށުން ރަނގަޅީ ޗެލްސީއަށެވެ. ގަނާޗޯ ވަނީ މެޗުގެ އެންމެ ހަތަރު މިނެޓު ތެރޭގައި ހަނި އެންގަލްއަކުން ގޯލު ޖަހައިދީފައެވެ. މިއީ މި ސީޒަނުގައި އެންޒޯ މަރޭސްކާގެ ޓީމުން ލީގުގައި ޖެހި އެންމެ އަވަސް ގޯލެވެ. ނަމަވެސް 22 ވަނަ މިނެޓުގައި ވިލްސަން އިސިޑޯ ވަނީ ގޯލު ޖަހައި ސަންޑަރލޭންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ގޯލެއް ޖެހުމަށް ޗެލްސީ ފަރާތުން ގަރްނާޗޯއާއި މޮއިސެސް ކައިސޭޑޯ ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އެ ހަމަލާތައް ސަންޑަރލޭންޑްގެ ގޯލްކީޕަރު ރޮބިން ރޫފްސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި ސަންޑަލޭންޑަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓާލްބީއެވެ. މި މޮޅާއެކު ސަންޑަލޭންޑް 17 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އަށް އެރިއިރު، އެއްވަނައިގައި އޮތީ އާސެނަލް އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީ އަނެއްކާވެސް އެއްވަރުވެ ތަށިނެގުމުގެ އުއްމީދު ފެނަށް ދިޔުމާގާތަށްކުޅިވަރު | 9 ގަޑިއިރު ކުރިންވޯލްޑް ޗެންޕިއަން ޗެލްސީ އަށް ހިތިބައްޔަކާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެކުޅިވަރު | 3 ދުވަސް ކުރިންޗެލްސީގެ ޔޫރަޕިއަން ޓްރޮފީތައް އާސެނަލް އަށް ދައްކާލި މެޗުގައި އެކަކު މަދުކޮށް މެޗު އެއްވަރުކޮށްފިކުޅިވަރު | 7 ދުވަސް ކުރިންމެޗުގެ ކުރިން ނުހުއްޓުވޭނެ ކަމަށްބުނި ބާސާއަށް ވޯލްޑް ޗެންޕިއަނުން ރަނގަޅު ފިލާވަޅެއް ދީފިކުޅިވަރު | 11 ދުވަސް ކުރިން