logo
Bank of Maldives

Bank of Maldives

ޚަބަރު

ދެކުނު އެފްރިކާގައި އެތައްހާސް ބަޔަކު އެއްވެ އިސްރާއީލާއި ގުޅުން ކަނޑާލުމަށް ގޮވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ސެޕްޓެމްބަރު 2025 - 03:35
ދެކުނު އެފްރިކާގެ އެއްވުން، ފޮޓޯ: އަލްޖަޒީރާ
ދެކުނު އެފްރިކާގެ އެއްވުން، ފޮޓޯ: އަލްޖަޒީރާ

ޣާއްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މުޒާހަރާކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އިސްރާއީލާ ގުޅުން ކަނޑާލުމަށް ގޮވައިފިއެވެ.

މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނާ ގޮތުގައި، ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާގައި ހުރި އިސްރާއީލުގެ އެމްބަސީ ބަންދުކުރުން ހިމެނޭ ގޮތަށް، ދެކުނު އެފްރިކާގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމީހުން ވަނީ ގޮވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްޖަޒީރާގެ ނޫސްވެރިޔާ ފަހްމިދާ މިލަރ ކޭޕްޓައުނުން ރިޕޯޓުކުރި ގޮތުގައި، މިއީ ދެކުނު އެފްރިކާގައި ބޭއްވުނު އެންމެ ބޮޑެތި މުޒާހަރާތަކުގެ ތެރެއިން އެއް މުޒާހަރާއެވެ. އަދި މިފަދަ އެތައް މުޒާހަރާއެއް ބޭއްވިފައިވާއިރު، ނަމަވެސް މިފަހަރު މީހުން ވަނީ ކުރިއަށްވުރެ ބޮޑަށް އެމީހުންގެ ނިންމުމުގެ އަޑު އުފުލާފައެވެ.

''އެމީހުން ވަނ ީ އެމީހުންގެ ނިންމުން އިއްވާފައި، އެމީހުންގެ ގޮވާލުމުގައި އިސްރާއީލާއި ގުޅުން ކަނޑާލުމަށާއި، ވެރިރަށް ޕްރިޓޯރިއާގައި ހުރި އިސްރާއީލުގެ އެމްބަސީ ބަންދުކުރުން ހިމެނޭ، އެމީހުން ބޭނުންވަނީ އެމީހުންގެ އަޑު އިވުމަށް، އެމީހުން ވަނީ ޕާލަމެންޓު އިމާރާތާ ހަމައަށް މާރޗްކޮށްފައި، އެމީހުން ބޭނުންވަނީ ދެކުނު އެފްރިކާގެ ސަރުކާރުން މިކަމަށް ސަމާލުކަން ދިނުމަށް." ކޭޕްޓައުންގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ފަހްމިދާ މިލަރ ބުނެފަވެއެވެ.

"މިތަނުގައި ތިބި މީހުން ބޭނުންވަނީ އިތުރު ކަންތައްތަކެއް ކުރުމަށް، އެމީހުން ބޭނުންވަނީ ދެކުނު އެފްރިކާއިން އިސްރާއީލާއެކު އޮތް އިޤްތިޞާދީ ގުޅުން ކަނޑާލުމަށް، ދެކުނު އެފްރިކާއިން އަދިވެސް އިސްރާއީލަށް ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓުކުރޭ، އަދި މިތަނުގައި ތިބި މީހުން ބުނާ ގޮތުގައި މިއީ ނަސްލު ހަލާކުކުރުމަށް ހިތްވަރުދޭ ކަމެއް." މިލަރ އިތުރަށް ބުނެފަވެއެވެ.

އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ މައްސަލައެއް ހުށަހެޅުމުގައި ދެކުނު އެފްރިކާއިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އައިސީސީން ދެކޮޅުހަދައިފިދުނިޔެ | 14 ގަޑިއިރު ކުރިންފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އަޅަނީދުނިޔެ | 6 ދުވަސް ކުރިންއިސްރާއީލުން ސުލްހައިގެ އެއްބަސްވުމަކަށް އަމަލެއްނުކުރޭ، ޣައްޒާ އޮތީ ހައްސާސް ހާލަތެއްގައި: ޤަތަރުދުނިޔެ | 11 ދުވަސް ކުރިންފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިދުނިޔެ | 12 ދުވަސް ކުރިން