logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އައިސީސީން ދެކޮޅުހަދައިފި

ޒިދާން މުޙައްމަދު
16 ޑިސެމްބަރު 2025 - 10:35
ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އައިސީސީން  ދެކޮޅުހަދައިފި

އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް - އައިސީސީން އެކަމަށް ދެކޮޅުހަދައިފިއެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓްގެ އިސްތިއުނާފް ޗެމްބަރަށް، އިސްރާއީލުން ވަނީ، އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އެޅުމަށް ހުށެހެޅުމަށް ހުށަހަޅާފައެވެ. ނަމަވެސް، ޗެމްބަރުން ވަނީ އެ ހުށަހެޅުން ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމުގެ ބާރު އައިސީސީގެ ޕްރޮސެކިއުޓަރަށް ދިނުމަށް ދަށު ކޯޓުން ނިންމި ނިންމުން ބާތިލުކުރަން ފަނޑިޔާރުން ވަނީ ދެކޮޅު ހަދާފައެވެ.

މި ނިންމުމުގެ ސަބަބުން ފަލަސްތީނުގެ މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ހައްޔަރުކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު އަމުރު ތަންފީޒުކުރުން ކުރިއަށްދާނެއެވެ. އަދި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ކުރިއަށްދާނެއެވެ.

އިސްރާއީލުން ވަނީ ކޯޓުގެ އިޚްތިޞާޞް ބަލައިނުގަނެ، ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ.

ހަމާސްގެ ލީޑަރު އިބްރާހިމް އަލް މަސްރީ ހައްޔަރު ކުރުމުގެ އަމުރެއް ވެސް އައިސީސީން ނެރެފައިވީ ނަމަވެސް، އޭނާ ޝަހީދުވި ކަމުގެ ޚަބަރު ލިބުމާ ގުޅިގެން އެ އަމުރު ވަނީ އަނބުރާ ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް އަލުން ހަމަލާދޭނެ، އެއީ ޝައްކެތް އޮތް ކަމެއްނޫން: އިސްރާއީލްގެ މީޑިއާދުނިޔެ | 5 ގަޑިއިރު ކުރިންއިސްރާއީލަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރުދުނިޔެ | މަހެއް ކުރިންއިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | މަހެއް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | މަހެއް ކުރިން