ސެޓްޕީސް އެފްސީގެ ފަހުވަގުތުގެ ކޯނަރަކުން ނިއުކާސަލް ހަމަބިމަށް ތިރިކޮށްފި
29 ސެޕްޓެމްބަރު 2025 - 03:15

ނިއުކާސަލް ޔުނައިޓެޑް ފަހުވަގުތު ކޯނަރަކުން ބަލިކޮށް، އާސެނަލް ލިވަޕޫލާއި ޕްރެޝަރުކޮށްފިއެވެ. ނިއުކާސަލް ގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އާސެނަލް އިން ކާމިޔާބުކުރީ 2-1 އިންނެވެ. މި މޮޅުވުން ހޯދީ ގެބްރިއެލް 96 ވަނަ މިނެޓުގައި ޖެހި ރީތި ހެޑާ އަކުންނެވެ. މިގޯލާއެކު އާސެނަލް މިސީޒަނުގައި މިހާތަނަށް ޖެހި ގޯލުތަކުގެ ތެރެއިން 50 އިން ސައްތަ ގޯލު ޖަހާފައިވަނީ ކޯނަރުންނެވެ.
މެޗުގެ ފުރަތަމަ ބައިގައި ނިއުކާސްލްގެ ނިކް ވޯލްޓެމޭޑް 34 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނިއުކާސަލް ލީޑުނެގި ނަމަވެސް، އާސެނަލް ވަނީ ފަހު ވަގުތުތަކުގައި ބޮލުން ދެގޯލު ކާމިޔާކޮށްފައެވެ. ޑެކްލަން ރައިސްގެ ރީތި ހުރަހަކުން މިކެލް މެރިނޯ 84 ވަނަ މިނެޓުގައި ހަމަހަމަ ކުރުމަށްފަހު، ގެބްރިއެލް ވަނީ މެޗުގެ އިތުރު ވަގުތުގައި އޮޑެގާޑްގެ ކޯނަރަކުން މޮޅުވި ލަނޑު ޖަހާފައެވެ.

Ad by Hajj Corporation
މި މޮޅުވުމާއެކު އާސެނަލް މިހާރު އޮތީ ޕޮއިންޓު ތާވަލުގެ ދެވަނައިގައެވެ. އެއީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އެންމެ 2 ޕޮއިންޓުގެ ތަފާތެކެވެ. ލިވަޕޫލް ވަނީ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ބަލިވެފައެވެ.
ނިއުކާސްލް މިހާރު އޮތީ 15 ވަނައިގައެވެ. އެ ޓީމަށް 6 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އަދި މި ސީޒަންގައި އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ ފުލުގައިވާ ވޫލްވްސް އަތުން އެކަންޏެވެ.