logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރަޕުގެ އެންމެ ފޯމުގައި އޮތް ބަޔާން ބަލިކުރުމަށްފަހު ސެޓްޕީސް އެފްސީ ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
27 ނޮވެމްބަރު 2025 - 05:15
ޔޫރަޕުގެ އެންމެ ފޯމުގައި އޮތް ބަޔާން ބަލިކުރުމަށްފަހު ސެޓްޕީސް އެފްސީ ތާވަލުގެ އެއްވަނައަށް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އެންމެ މަތީގައި އޮތް ދެޓީމުކަމަށްވާ އާސެނަލް އާއި ބަޔާން ވާދަކުރިމެޗު އާސެނަލް އިން ކާމިޔާބުކޮށްފިއެވެ. މިމެޗު އާސެނަލް އިން ކާމިޔާބުކުރީ 3-1 ންނެވެ. މިމެޗުން އާސެނަލް މޮޅުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ސަބްސްޓިޓިއުޓްސް ނޯނީ މެޑުއެކޭ އާއި ގަބްރިއެލް މާޓިނެއްލީއެވެ. މި މޮޅާއެކު އާސެނަލް ވަނީ ގްރޫޕް ސްޓޭޖްގެ ފަސް މެޗުން ފަސް މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދާފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ވަރަށް ވާދަވެރިކޮށް ހަމަހަމަކޮށްދިޔައިރު، މެޗުގެ ފުރަތަމަ ގޯލު އާސެނަލްޖެހީ ކޯނަރަކުން ޖޫރިއަން ޓިމްބަރ ބޮލުން ޖަހައިގެން ލީޑު ނަގާފައެވެ. ނަމަވެސް، ބަޔާންގެ 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި އާސެނަލްގެ ކުޅުން މުޅިން ބަދަލުވެ، އެޓީމުން ވަނީ ދެވަނަ ހާފުގެ ބޮޑޫބައެއް ޑޮމިނޭޓްކޮށްފައެވެ އެގޮތުން ބަދަލުގައި ކުޅެން އެރި ކުޅުންތެރިންގެ ތެރެއިން ނޯނީ މެޑުއެކޭ ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މެޑުއެކޭ އޭނާގެ ފުރަތަމަ ގޯލު ކުލަބަށް ކާމިޔާބުކުރީ އަނެއް ސަބްސްޓިޓިއުޓް ރިކާޑޯ ކަލަފިއޯރީ ދިން ރީތި ބޯޅައަކުންނެވެ. މިއީ މެޑުއެކޭ 17 މެޗަށްފަހު ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ ފަހުކޮޅު، ބަޔާންގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޮޔަރ ގޯލުން ނުކުމެ ކުރި ގޯހެއްގެ ފައިދާ ނަގައި ގަބްރިއެލް މާޓިނެއްލީ ވަނީ ހުސް ގޯލަކަށް ބޯޅަ ވައްދާލާ 3-1 ގެ ނަތީޖާއަކުން މެޗު ނިންމާލާފައެވެ. މި ބައްޔަކީ މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވާ ބަޔާން ހުރިހާ މުބާރާތެއްގައި ބަލިވި ފުރަތަމަ މެޗެވެ. މާޓިނެއްލީ ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގައި ވެސް ގޯލު ޖަހާފައެވެ.

އާސެނަލްގެ ސެޓް-ޕީސްގެ ހުނަރަކީ މިހާރު އެއްވެސް މީހަކަށް ސިއްރެއް ނޫނެވެ. މި ސީޒަންގައި އެ ޓީމުން ވަނީ ކޯނަރުން 10 ގޯލު ޖަހާފައެވެ؛ މިއީ ޔޫރަޕުގެ ބޮޑެތި ފަސް ލީގުގެ ތެރެއިން އެންމެ ގިނަ އަދަދެކެވެ. އަދި މިސީޒަނުގެ އާސެނަލް އިން ޖަހާފައިވާ ގޯލުތަކުގެ ގާތްގަނޑަކަށް 50 ގޯލުޖަހާފައިވަނީ ސެޓްޕީސްތަކުންެނެވެ.

ރޭގެ މޮޅާއެކު މިސީޒަނުގައި ޗެންޕިއަންސް ލީގުގައި އެއްވެސް މަޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ އާސެނަލް އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 17 ދުވަސް ކުރިންމުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފިކުޅިވަރު | މަހެއް ކުރިން22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންއަނެއްކާވެސް ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އާސެނަލް ހަނިގޮތަކަށް މޮޅުވެ ތަށްޓާއި އެންމެ ފިޔަވަޅަކާއި ގާތަށްކުޅިވަރު | މަހެއް ކުރިން