logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

20 އަހަރުފަހުން އާސެނަލް އަށް ލީގު ލިބިދާނެކަމުގެ އުއްމީދުގެ ހުޅުކޮޅު

އަބްދުﷲ ޣާނިމް
2 ނޮވެމްބަރު 2025 - 05:38
20 އަހަރުފަހުން އާސެނަލް އަށް ލީގު ލިބިދާނެކަމުގެ އުއްމީދުގެ ހުޅުކޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބަރންލީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެއެވެ. މި މޮޅާއެކު އާސެނަލް ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގާފައެވެ. މިހާތަނަށް ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން އާސެނަލް އޮތީ ދެވަނައިގައި އޮތް ބޯންމަތު އަށް ވުރެ ހަތް ޕޮއިންޓުގެ ކުރީގައެވެ. ބޯންމަތު އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 18 ޕޮއިންޓެވެ.

ރަށުން ބޭރުގައި އާސެނަލް ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 14 ވަނަ މިނިޓުގައި ވިކްޓަރ ގެޔޯޜކެރޭސް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފައެވެ. އަދި އޭގެ 11 މިނިޓު ފަހުން ލިއަންދްރޯ ޓްރޮސާޑް ދިން ރީތި ޕާހަކުން ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ޖެހިޖެހިގެން ހަތް މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ރެކޯޑެއް ގާއިމުކޮށްފައެވެ. މެޗުގައި އާސެނަލް އަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބާރންލީގެ ކީޕަރު ވަނީ ބުކަޔޯ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލާއާއި، ލިއަންދްރޯ ޓްރޮސާޑްގެ ހަމަލާވެސް ދިފާއުކޮށްފައެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި އާސެނަލް އިން ދައްކަމުންދާ މޮޅު ކުޅުމާއިއެކު، 2004 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އުއްމީދު ވަނީ ބޮޑުވެފައެވެ. މިހާރުގެ ލީޑާއެކު، އެ ޓީމުގެ ސަޕޯޓަރުން ދަނީ މި ކާމިޔާބީއަށް އިންތިޒާރު ކުރަމުންނެވެ.

މިމޮޅާއެކު އެންމެ ފަހުން 2004 ގައި ލީގުނެގި އާސެނަލް އިން ލީގު ތަށިނެގުމަށް ކުރަމުން އަންނަ އުއްމީދުގައި ކުލަޖެހޭތަން އާސެނަލްގެ ސަޕޯޓަރުންނަށް ވަނީ އުހުސާސު ކުރެވޭން ފަށާފައެވެ. އެގޮތުން ފާއިތުވެދިޔަ ތިން ސީޒަނުގައިވެސް އާސެނަލް އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 އަހަރުފަހުން އާސެނަލް އަށް ލީގު ލިބިދާނެކަމުގެ އުއްމީދުގެ ހުޅުކޮޅުކުޅިވަރު | ދުވަހެއް ކުރިން ޕެލަސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސެޓްޕީސް އެފްސީ ހެވިފައިކުޅިވަރު | 7 ދުވަސް ކުރިންއާސެނަލްގެ ދަނޑުގައި ހޫނުފެން ނެތިގެން އެތްލެޓިކޯއިން ޔުއޭފާއަށް މައްސަލަ ހުށަހަޅައިފިކުޅިވަރު | 13 ދުވަސް ކުރިންޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފިކުޅިވަރު | މަހެއް ކުރިން