logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާސެނަލްގެ ދަނޑުގައި ހޫނުފެން ނެތިގެން އެތްލެޓިކޯއިން ޔުއޭފާއަށް މައްސަލަ ހުށަހަޅައިފި

އަބްދުﷲ ޣާނިމް
21 އޮކްޓޯބަރު 2025 - 05:33
އާސެނަލްގެ ދަނޑުގައި ހޫނުފެން ނެތިގެން އެތްލެޓިކޯއިން ޔުއޭފާއަށް މައްސަލަ ހުށަހަޅައިފި

މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗަށް ތައްޔާރުވުމަށް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުރި ތަމްރީނު ސެޝަނަށްފަހު ހޫނުފެން ނުލިބުމާ ގުޅިގެން އެތްލެޓިކޯ މެޑްރިޑުން ޔުއޭފާއަށް ރަސްމީކޮށް ޝަކުވާއެއް ހުށަހަޅައިފިއެވެ.

ވިއްސާރަވެހޭ ދުވަހެއްގައި ލަންޑަންގައި ތަމްރީނު ކުރުމަށްފަހު، ދަނޑުގައި ހޫނުފެން ނެތުމުގެ ސަބަބުން ކުޅުންތެރިންނަށް ފެންވެރުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. އެތްލެޓިކޯގެ ޓީމު ހަވީރު 5:30 ހާއިރު ދަނޑަށް އައުމާއެކު މި މައްސަލަ އާސެނަލްގެ މުވައްޒަފުންގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް، ތަމްރީނު ނިމުނުއިރުވެސް މައްސަލަ ހައްލުނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމިރޭޓްސް ސްޓޭޑިއަމް ފަދަ ޒަމާނީ ދަނޑެއްގައި، ޚާއްސަކޮށް ޔުއޭފާގެ މުހިންމު މުބާރާތެއްގައި މިފަދަ އަސާސީ ވަސީލަތެއް ނެތުމާމެދު ސްޕެއިންގެ ޓީމުން ވަނީ ހައިރާންވެފައެވެ. މި ހާދިސާއާ ގުޅިގެން ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ފެންވެރުމަށާއި މެޗަށް ތައްޔާރުވުމަށް އެމީހުންގެ ހޮޓަލަށް އެނބުރި ދާންޖެހިފައެވެ.

އާސެނަލްގެ ފެންވަރުގެ ސްޓޭޑިއަމެއްގައި މިފަދަ ކަމެއް ދިމާވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ އެތްލެޓިކޯއިން ވަނީ ޔުއޭފާއަށް ރަސްމީ ޝަކުވާއެއް ހުށަހަޅާފައެވެ.

އާސެނަލްއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެގަޑިން 12:00 ގައި ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށްކުޅިވަރު | 4 ގަޑިއިރު ކުރިންއެޒޭގެ ހިތްގައިމު ލަނޑާއެކު އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކޮށް ޓްރެބްލް ހޯދުމާއި ގާތަށްކުޅިވަރު | ދުވަހެއް ކުރިންމެކްސް ޑޯމަންގެ ތާރީޚީ ލަނޑާއެކު އާސެނަލުން 23 އަހަރުފަހުން ލީގު ހޯދުމާއި ގާތަށްކުޅިވަރު | 4 ދުވަސް ކުރިންބާސާގެ ފަހަތުން މިފަހަރު ރެފްރީންގެގެ ހަދިޔާ އާސެނަލްއަށްކުޅިވަރު | 7 ދުވަސް ކުރިން