logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާގެ ފަހަތުން މިފަހަރު ރެފްރީންގެގެ ހަދިޔާ އާސެނަލްއަށް

އަބްދުﷲ ޣާނިމް
12 މާރިޗު 2026 - 04:15
ބާސާގެ ފަހަތުން މިފަހަރު ރެފްރީންގެގެ ހަދިޔާ އާސެނަލްއަށް

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ސިކުންތުގައި ރެފްރީ ދިން ޕެނަލްޓީއަކުން އާސެނަލް ސަލާމަތްވެއްޖެއެވެ. ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ކުރީކޮޅު ލެވަކޫސަންއިން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ކްރިސްޓިއަން ކޮފާނޭ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ދިފާއުކުރިއިރު، އިބްރާހިމް މާޒާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އާސެނަލްއަށް ލީޑު ނަގަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ގަބްރިއަލް މާޓިނެލީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ދިހަ ސިކުންތުގެ ތެރޭގައި ލެވަކޫސަންއިން ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. މާޓިން ޓެރިއާ ބޮލުން ފޮނުވާލި ބޯޅަ ރާޔާ މަތަކުރި ނަމަވެސް، އެ ބޯޅައިން ލިބުނު ކޯނަރުގައި ލެވަކޫސަންއިން ލީޑު ނެގިއެވެ. އަލެހަންދްރޯ ގްރިމާލްޑޯ ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ރޮބާޓް އެންޑްރިޗްއެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ޖޫރިއަން ޓިމްބާއަށް މެޗުގެ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނޯނީ މަޑުއެކޭއަށް އޭރިއާ ތެރެއިން މާލިކް ޓިލްމަން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އާސެނަލްއަށް ޕެނަލްޓީއެއް ދީފައެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ ކުރިން ލެވަކޫސަންއަށް ކުޅުނު ކައި ހާވާޓްޒްއެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގު މެޗެއްގައި އާސެނަލްގެ ބަދަލު ކުޅުންތެރިއަކު ހޯދައިދިން ފުރަތަމަ ޕެނަލްޓީއެވެ. ހާވާޓްޒް ވަނީ އޭނާ ޔޫރަޕްގެ މުބާރާތްތަކުގައި ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ދެވަނަ ލެގަށް ކުރިމަތިލާއިރު ދެ ޓީމު އޮތީ އެއްވަރުގެ ފުރުސަތެއްގައެވެ. ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާގެ ފަހަތުން މިފަހަރު ރެފްރީންގެގެ ހަދިޔާ އާސެނަލްއަށްކުޅިވަރު | ގަޑިއިރެއް ކުރިންތިންވަނަ ޑިވިޝަނުގެ ޓީމެއްއަތުން އާސެނަލް ހޯދި އުނދަގޫ މޮޅާއެކު ކުއާޓަރ ފައިނަލަށްކުޅިވަރު | 4 ދުވަސް ކުރިންބޮޑާހާކައި ވަގުތު ބޭކާރުކޮށްގެން ހޯދި އުނދަގޫމޮޅާއެކު އާސެނަލުން ހަތް ޕޮއިންޓްގެ ލީޑެއްނަގައިފިކުޅިވަރު | 7 ދުވަސް ކުރިންކޯނަރު އެފްސީ 10 މީހުންނާއެކު ކުޅުނު ޗެލްސީ ކޯނަރުން ތަޅައި ހަމަބިމަށް ތިރިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 10 ދުވަސް ކުރިން