logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފި

އަބްދުﷲ ޣާނިމް
5 އޮކްޓޯބަރު 2025 - 06:34
ޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފި

ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލަށު ބަލިކޮށް، ޗެލްސީއިލް އާރސެނަލް ތާވަލުގެ އެއްވަނައިގައި ބަހަށްޓައިދީފިއެވެ. މިއާއެކު ލިވަޕޫލް ވަނީ އެންމެ ފަހުން ކުޅުނު ތިންމެޗުން ބަލިވެފައެވެ.

މި މެޗުގައި 18 އަހަރުގެ ބްރެޒިލް ކުޅުންތެރިޔާ އެސްޓެވާއޯ އިންޖުރީ ޓައިމްގެ ފަސްވަނަ މިނެޓުގައި ޖެހި ލަނޑުން ޗެލްސީ ވަނީ 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާކް ކުކުރެއްލާގެ ކްރޮސް އެސްޓެވާއޯ ގޯލަށް ބަދަލުކުރުމާއެކު ސްޓެމްފޯޑް ބްރިޖް ވަނީ ކެކި އުތުރި އަރާފައެވެ. މި ކާމިޔާބީގެ ފޮނިމީރުކަމުގައި ޗެލްސީގެ ކޯޗް އެންޒޯ މަރެސްކާ އަށް ރަތް ކާޑު ދައްކާފައިވެއެވެ. މި ނަތީޖާއާއެކު ލިވަޕޫލް ވަނީ އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ޕްރިމިއަރ ލީގުގެ އެއްވަނައިން ވެއްޓިފައެވެ.

މިއާއެކު އިއްޔެ ވެސްޓްހެމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވި އާސެނަލް، ލިވަޕޫލަށްވުރެ އެއްޕޮއިންޓް ކުރީގައި ތާވަލުގެ އެއްވަނައިގައި ވަނީ ހަމަޖެހިލާފައެވެ.

މޮއިސެސް ކައިސެޑޯ ދުރުންޖެހި ވަރުގަދަ ޝޮޓަކުން ޗެލްސީ ލީޑުނެގިނަމަވެސް، ދެވަނަ ހާފުގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ނަތީޖާހަމަހަމކޮށްދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ޓީނޭޖް ފޯވާޑް އެސްޓެވާއޯ ވަނީ މެޗުގެ އިތުރު ވަގުތުގައި ޗެލްސީ މޮޅުކޮށްދީފައެވެ. މިއާއެކު އެސްޓެވާއޯ ވެގެންގޮސްފައިވަނީ ޕްރީމިއަރ ލީގުގައި ޗެލްސީއަށް ގޯލެއް ޖަހައިދިން އެންމެ ހަނގުކުޅުންތެރިޔާ އަށް ވެގެންގޮސްފައެވެ.

އާސެނަލްގެ މެނޭޖަރު މިކެލް އަރޓެޓާ ވަނީ އޭނާގެ 300 ވަނަ މެޗުގައި ކާމިޔާބީ ހޯދައި، ގަނާސް އަލުން ލީގުގެ އެއްވަނައަށް ގެންގޮސްފައެވެ. ފާއިތުވެދިޔަ ތިން ސީޒަނުގެ ދެވަނަ ލިބުން އާސެނަލްއަކީ ޖުމްލަކޮށް މިދިޔަ ތިން ސީޒަނުގައިވެސް އެންމެ ދިގު މުއްދަތަކަށް ތާވަލުގެ އެއްވަނައިގައި ހިފަހަށްޓާލާފައިވާ ޓީމެވެ. ނަމަވެސް ފާއިތުވެ ދިޔަ ތިން ސީޒަނުގައި ތަފާތު 2 ޓީމަކުން ލީގު ކާމިޔާބުކުރިނަމަވެސް، އެއްވަނައިގައި އެންމެ ގިނަ ދުވަހު ހިފަހަށްޓާލި އާސެނަލް ވަނީ ކޮންމެ ފަހަރަކުވެސް އެންމެ މަތިން (ގަހު ކުރިން) ވެއްޓިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފިކުޅިވަރު | 10 ދުވަސް ކުރިންމާޓިނެއްލީ އަނެއްކާވެސް ތަފާތު ދައްކައިދީ އާސެނަލް މޮޅުކޮށްދީފިކުޅިވަރު | 13 ދުވަސް ކުރިންމޮރީނިއޯގެ ހޯމްކަމިން އަމިއްލަ ޓީމްމޭޓް ޚަރާބުކޮށްފިކުޅިވަރު | 14 ދުވަސް ކުރިންސެޓްޕީސް އެފްސީގެ ފަހުވަގުތުގެ ކޯނަރަކުން ނިއުކާސަލް ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 16 ދުވަސް ކުރިން