logo
Bank of Maldives

Bank of Maldives

ޚަބަރު

ނަތަންޔާހޫ އާޖެންޓީނާއަށް އައިސްފިނަމަ ހައްޔަރުކުރުމަށް ނޯބަލް ޞުލްޙަވެރިކަމުގެ އިނާމު ލިބިފައިވާ ޕެރެޒް ގޮވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ސެޕްޓެމްބަރު 2025 - 03:07
 މަޝްހޫރު އިންސާނީ ޙައްޤުތަކުގެ ދިފާޢީ ވަކީލު އަދޯލްފޯ ޕެރެޒް
މަޝްހޫރު އިންސާނީ ޙައްޤުތަކުގެ ދިފާޢީ ވަކީލު އަދޯލްފޯ ޕެރެޒް

އާޖެންޓީނާގެ ރައީސް ޖަވިއަރު މިލެއި އިސްރާއީލާ އެކު ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ޤައުމުގެ ނޯބަލް ޞުލްޙަވެރިކަމުގެ އިނާމު ލިބިފައިވާ މަޝްހޫރު އިންސާނީ ޙައްޤުތަކުގެ ދިފާޢީ ވަކީލު އަދޯލްފޯ ޕެރެޒް އެސްކުއިވެލް ވަނީ މުޅިން ތަފާތު މަގެއް ޚިޔާރުކުރައްވާފައެވެ.

އޭނާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާޖެންޓީނާއަށް ޒިޔާރަތްކޮށްފިނަމަ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައި.ސީ.ސީ) ޙުކުމްތައް ތަންފީޒުކޮށް، ހަނގުރާމައިގެ ކުށްތަކާއި "އުރުދުން ފޮހެލުމުގެ" ދަޢުވާގައި އޭނާ ހައްޔަރުކުރުމަށް އެދި އާޖެންޓީނާގެ ފެޑެރަލް ކޯޓެއްގައި ދަޢުވާއެއް އުފުއްލަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

''"ރައީސް މިލެއިގެ ދަޢުވަތަކަށް އޭނާ (ނަތަންޔާހޫ) މިތަނަށް އަތުވެއްޖެނަމަ، ހަމަ ޔަޤީނުންވެސް އިދިކޮޅު އަޑުތައް އުފުލޭނެ. އަދި އަޅުގަނޑުމެން އުންމީދުކުރަނީ އޭނާ މި ގައުމަށް ނާންނާނެ ކަމަށް،" ޕެރެޒް ބުނެފަވެއެވެ.

އައި.ސީ.ސީގެ އިޚްތިޞާޞް ޤަބޫލުކުރާ އާޖެންޓީނާއިން އެ ކޯޓުގެ ޙުކުމްތައް ތަންފީޒުކުރުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެއްކަމަށް ޕެރެޒް ބުންޏެވެ. އޭނާ އިސްރާއީލަށް ތުހުމަތުކުރީ ޣައްޒާގެ އާންމު ރައްޔިތުން ގަސްތުގައި އަމާޒުކޮށްގެން ޙަމަލާދޭ ކަމަށެވެ. އަދި އެ ޙަމަލާތަކުގައި 20،000 އެއްހާ ކުޑަކުދިން މަރުވެފައިވާ ކަމަށް ބުންޏެވެ. އަދި ނަތަންޔާހޫ ޒިޔާރަތްކޮށްފިނަމަ ހައްޔަރުކުރުމުގެ އަމުރު ތަންފީޒުނުކުރުމަށް އޭނާ އާޖެންޓީނާގެ ސަަރުކާރަށް ވަނީ ގޮވާލާފައެވެ.

93 އަހަރުގެ ޕެރެޒްއަކީ ލެޓިން އެމެރިކާގެ އެންމެ އިޙްތިރާމް ލިބިފައިވާ އިންސާނީ ޙައްޤުތަކުގެ ޝަޚްޞިއްޔަތުތަކުގެ ތެރެއިން ބޭފުޅެކެވެ. އާޖެންޓީނާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް އަނިޔާވެރިކަމެއް ނެތި ކުރެއްވި މަސައްކަތްޕުޅަށްޓަކައި 1980 ވަނަ އަހަރު އޭނާއަށް ނޯބަލް ޞުލްޙަވެރިކަމުގެ އިނާމު ލިބުނެވެ. އޭނާގެ އެކްޓިވިޒަމްގެ ސަބަބުން ޖަލަށްލައި އަނިޔާކުރުމަށްފަހު، އުމުރަށް އިންސާފަށް އަޑުއުފުއްލަވާ ބޭފުޅެއްގެ ގޮތުގައި ކުރިއަށް ނުކުމެވަޑައިގެންނެވިއެވެ.

އޭނާ މިހެން ބުނެފައި ވަނީ ނަތަންޔާހޫއަށް ވަރުގަދަ ތާއީދުކުރައްވާ އާޖެންޓީނާގެ ރައީސް މިލެއި އިސްރާއީލާ އެކު ގުޅުންތައް ބަދަހިކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީ ސިފައިން، ވެސްޓު ބޭންކުގައި ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފިދުނިޔެ | 10 ދުވަސް ކުރިންއިސްރާއީލާ ގުޅުންހުރި ސުވާލެއްކުރި އިޓަލީ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެދުނިޔެ | 22 ދުވަސް ކުރިންނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިޚަބަރު | 24 ދުވަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޑަޗް އެޕީލްސް ކޯޓުން ވެސް ދެކޮޅުދުނިޔެ | 25 ދުވަސް ކުރިން