logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަމާސް އާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމާއި ހައްޔަރީން ދޫކޮށްލުމަށް އެއްބަސްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޮކްޓޯބަރު 2025 - 05:07
އިސްރާއީލްގެ ބޮމުގެ ހަަމަލާއެއް ގާޒާ އަށް ދީފައި،
އިސްރާއީލްގެ ބޮމުގެ ހަަމަލާއެއް ގާޒާ އަށް ދީފައި،

ހަމާސް އާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމަށް އެއްބަސްވެއްޖެއެވެ.

މިކަން އިއުލާންކުރަމުން އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްމްޕް ވިދާޅުވެފައިވަނީ، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އަށް އެއްބަސްވެވިފައިވާކަމަަށެވެ. އަދި އެ ، މަރުހަލާ ނިމުމަށްފަހު ގާޒާ އަލުން ބިނާކުރެވޭނެ ކަމަށް ބުނެފަވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ މި އެއްބަސްވުން މިއަދު ކެބިނެޓުން އެޕްރޫވްކުރާނެކަމަށް ބުނެފައެވެ.

މި އެއްބަސްވުމަށް ވާސިލުވުމުގައި ހަމާސްގެ މައި މުއާމަލާތްކުރާ ފަރާތް ކަމުގައިވާ، އިސްރާއީލްގެ ވައިގެ ހަމަލާއަކުން ސަލާމަތްވެވަޑައިގެންފައިވާ ލީޑަރ ހަލީލް އަލް-ހައްޔާގެ ދައުރު ފާހަގަކޮށްލެވެއެވެ.

ހަލީލް އަލް-ހައްޔާ ވަނީ ސެޕްޓެމްބަރު 9 ގައި ޤަތަރުގައި އިސްރާއީލްގެ އެއަރ ސްޓްރައިކަކުން ސަލާމަތްވިތާ މަހެއްގެ ފަހުން މިސްރުގެ މަޝްވަރާތަކުގައި ބައިވެރިވެފައެވެ. އިސްރާއީލީ ހަމަލާތަކުގައި ހަމާސްގެ ކުރީގެ ލީޑަރުންކަމަށްވާ އިސްމާއީލް ހަނިއްޔާ އީރާނަށް ކުރި ދަތުރެއްގައި ޝަހީދުކޮށްލާފައިވުމާއި، އަދި އަނެއް ލީޑަރު ޔަހްޔާ ސިންވަރު ގާޒާގައި ޝަހީދުކޮށްލުމާއެކު ހަލީލް އަލް-ހައްޔާ އަކީ ހަމާސް މިލިޓަންޓް ގްރޫޕްގައި އިތުރަށް ނުފޫޒު ފޯރުވާ އިސްލީޑަރެއްކަމުގައި ވަނީ ވެފައެވެ.

1960 ގައި ޣައްޒާގައި އުފަން ހައްޔާ ވަނީ 1987 ގައި ހަމާސް އުފެދުނީއްސުރެ އެ ޖަމާއަތުގައި ހިމެނިފައެވެ. މިހާރުގެ ޣައްޒާގެ ހަނގުރާމައިގައި އަދި ކުރީގެ ހަނގުރާމަތަކުގައި ދެ ދަރިއަކު ގެއްލިފައިވާ ހައްޔާ، އެހެން ހަމާސްގެ ލީޑަރުންނާއެކު ދޯހާގައި އޭނަ ވަނީ މަޑުކޮށްފައެވެ.

ހަމާސްއަށް މުހިންމު ހަތިޔާރާއި ފައިސާގެ އެހީ ފޯރުކޮށްދޭ އީރާނާއެކު ރަނގަޅު ގުޅުމެއް އޮތް ކަމަށް ބެލެވޭ ހައްޔާ ވަނީ އިސްރާއީލާއެކު އެކި ފަހަރު މަތިން ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތުގައި ގާތުން ބައިވެރިވެފައެވެ.

އޮކްޓޯބަރު 7 ގައި ހިންގުނު ހަމަލާތަކާ ގުޅޭގޮތުން ހައްޔާ ވަނީ އެއީ "މަދު އަދަދެއްގެ ސިފައިން" ހިފުމަށް ހަމާސްއިން ދިން މަހްދޫދު އޮޕަރޭޝަނެއް ކަމަށް ބުނެފައެވެ. މި ހަމަލާތަކުގައި އިސްރާއީލުން ބުނާ ގޮތުން 1,200 މީހުން މަރުވިއެވެ. މި ހަމަލާތަކުގެ މަޤްސަދަކީ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުންނާ ބަދަލުކުރުން ކަމަށް އޭނާ ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނު ބޮޑު ބައްޔާއެކު އިސްރާއީލުން ހާލަންޑަކީ ޓެރެރިސްޓެއް ގޮތުގައި ސިފަކޮށްފިދުނިޔެ | 3 ދުވަސް ކުރިންގާޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެދުނިޔެ | 6 ދުވަސް ކުރިންޣައްޒާ ހާލަތާމެދު ދުވަހަކުވެސް ނުވާ މިންވަރަށް އަރަބިން ވަނީ ފެއިލް ވެފައި: ހަމާސްދުނިޔެ | 8 ދުވަސް ކުރިންޓްރަމްޕުގެ ހުށަހެޅުމަށް އިޖާބަދީ، ޝަރުތުތަކަކާއެކު ޣައްޒާގެ ވެރިކަން ދޫކޮށްލަން އެއްބަސްވެއްޖެދުނިޔެ | 11 ދުވަސް ކުރިން