ޣައްޒާ ހާލަތާމެދު ދުވަހަކުވެސް ނުވާ މިންވަރަށް އަރަބިން ވަނީ ފެއިލް ވެފައި: ހަމާސް

7 އޮކްޓޯބަރު 2025 - 11:56
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު ގާޒާ ހަނގުރާމަ އަށް ދެވަނަ އަހަރީ ދުވަސް ފާއިތުވެގެން ދިޔައިރު، ފަލަސްތީނުގެ ޙަރަކާތް ޙަމާސްއިން ވަނީ ބަޔާނެއް ނެރެ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި، ޢަރަބި ޤައުމުތަކުގެ ދައުރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ޣައްޒާގެ މިހާރުގެ ހާލަތަކީ "މިސްލުނުވާވަރުގެ ޢަރަބި ފެއިލްވުމެއްގެ" ނަތީޖާ ކަމަށެވެ.

Ad by Hajj Corporation
ޙަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހަނގުރާމައާއި އޭގެ ނަތީޖާތައް "އަދިވެސް ސިޔާސީ ހިޔަނި އަޅުވަމުންދާ" ކަމަށާއި، މެދުއިރުމަތީގެ "ސިޔާސީ އަދި އަސްކަރީ މަޝްރަޙު ބޮޑު ބަދަލަކަށް" ގެނެސްދިން ކަމެއްގެ ގޮތުގައި މިކަން ފާހަގަކުރެވެއެވެ. މި ހަނގުރާމަ ފެށިގެން އައިފަހުން، މުޅި ސަރަހައްދުގެ ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ޙަމާސްއިން ފާހަގަކުރިއެވެ.
އެ ބަޔާނުގައި އިސްރާއީލަށް އަމާޒުކޮށް ވަރަށް ބުރަދަން ހުރި ބަސްތަކުން ފާޑުކިޔާފައިވެއެވެ. އިސްރާއީލުން "ދިފާޢުވުމުގެ ގާބިލުކަން ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގަމުންދާ" ކަމަށާއި، މިކަން ކުރިއަށްދަނީ "ލަދުވެތިވާންޖެހޭ ބައިނަލްއަޤްވާމީ ހަނުހުރުމަކާއި އެއްބާރުލުމެއްގެ ތެރެއިން އަދި މިސްލުނުވާވަރުގެ ޢަރަބި ފެއިލްވުމެއްގެ" ތެރެއިން ކަމަށް ޙަމާސްއިން ތުހުމަތުކުރިއެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން އިތުރުވެ، އިންސާނީ ހައްޤުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހާލަތުގައިވެސް ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަން ވަރަށް ބޮޑަށް ޙަމާސްއިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. "ރައްޔިތުންގެ ސާބިތުކަމާއި، ދެކޮޅުވެރިކަމަށް ލިބެމުންދާ ތާއީދާއި، ޤައުމާއި އޭގެ ރައްޔިތުންގެ ބަޠަލުކަން ދެމިއޮތްކަން، އަދި އެކަމުގެ ސަބަބުން ޤައުމު އިސްތިޢުމާރުކުރާ ބޭރުގެ ފަރާތްތަކާއި ނުބައި ބަޔަކާ ކުރިމަތިލެވެމުންދާކަން" ޙަމާސްއިން ފާހަގަކުރިއެވެ.
އެ ބަޔާން ނިންމާލަމުން، ޙަމާސްއިން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރު އާލާކޮށްފައެވެ.
"ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރުވެސް، އަޅުގަނޑުމެންގެ ރައްޔިތުން އަދިވެސް ތިބީ އެމީހުންގެ ބިމުގައި ވަރުގަދައަށް ހަރުލާފައި، އަދި ނައްތާލުމާއި މަޖުބޫރުން ނަޤުލުކުރުމުގެ ރޭވުންތަކާ ކުރިމަތިލާ ޙާލު، އެމީހުންގެ ޝަރުޢީ ޙައްޤުތަކުގައި ހިފަހައްޓައިގެން" ބަޔާނުގައިބުނެފަވެއެވެ.
ޙަމާސްއިން ބުނި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން އަބަދުވެސް އެމީހުންގެ ބިމަށް ލޯބިކޮށް، އެބިމަށްޓަކައި ޤުރުބާންވާނެއެވެ.