logo
Bank of Maldives

Bank of Maldives

ދުނިޔެ

ނޯވޭއަތުން ލިބުނު ބޮޑު ބައްޔާއެކު އިސްރާއީލުން ހާލަންޑަކީ ޓެރެރިސްޓެއް ގޮތުގައި ސިފަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޮކްޓޯބަރު 2025 - 11:31
ހާލަންޑް އިސްރާއީލް ބަލިކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: އަލްޖަޒީރާ
ހާލަންޑް އިސްރާއީލް ބަލިކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: އަލްޖަޒީރާ

އާލިން ހާލަންޑުގެ ހެޓްރިކާ އެކު އިސްރާއީލް 5-0 އިން ބަލިކޮށް ނޯވޭ ހޯދި މޮޅަށްފަހު، ހާލަންޑު އަކީ ޓެރެރިސްޓެއްގޮތުގައި އިސްރާއީލްގެ ބައެއް މީޑިއާތަކާއި އެގައުމުގެ ބައެއް އެކްޓިވިސްޓުން ސިފަކޮށްފިއެވެ.

އިސްރާއީލާއި ދެކޮޅަށް ހާލަންޑް ރޭގެ މެޗުގައި ހެދި ހެޓްރިކާ އެކު އޭނާ ގައުމީ ޓީމަށް ޖުމްލަ ހަ ހެޓްރިކް ފުރިހަމަކޮށްދީފައިވާއިރު، އިސްރާއީލަށް ލިބުނު ބޮޑު ބަލި އެ މީހުންނަށް ވަނީ ގަބޫލުނުކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

ޖައްބާރުކަމާއި ނުލަފާކަމުން އެމެރިކާގެ މަދަދާއިއެކު ފަލަސްތީނުގެ ބިންތައް ފޭރި، ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންދާ އިސްރާއީލުން ދެކެނީ ކޮންމެ ތަނެއްގައިވެސް އެންމެ ގަދަ މީހުންނަކީ އެމީހުންކަމަށް އިސްރާއީލްގެ ބައެއްމީހުންގެ ސޯޝަލް މީޑިއާގެ ސްޓޭޓަސްތަކުން ދޭހަވެއެވެ.

އިސްރާއީލްގެ ބައެއް މީޑިއާތަކުން ވެސް ނޯވޭގެ ސަޕޯޓަރުންނާއި ހާލަންޑް ވެސް ފަލަސްތީނަށް ތާއީދުކުރާކަމަށް ބުނެ، އެއީ ޓެރަރިސްޓުން ގޮތުގައި ވަނީ ސިފަކޮށް ވާހަކަދައްކާފައެވެ.

ރޭގެ މެޗުގެ ކުރިން ނޯވޭގެ ސަޕޯޓަރުން ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި ނޯވޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑުގައި ފަލަސްތީނު ދިދަ ހިފައިގެން ތިބެ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. މި މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ނޯވޭ އިން ހަދިޔާކުރާނީ ވެސް ފަލަސްތީނަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނު ބޮޑު ބައްޔާއެކު އިސްރާއީލުން ހާލަންޑަކީ ޓެރެރިސްޓެއް ގޮތުގައި ސިފަކޮށްފިދުނިޔެ | 3 ދުވަސް ކުރިންގާޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެދުނިޔެ | 6 ދުވަސް ކުރިންޣައްޒާ ހާލަތާމެދު ދުވަހަކުވެސް ނުވާ މިންވަރަށް އަރަބިން ވަނީ ފެއިލް ވެފައި: ހަމާސްދުނިޔެ | 8 ދުވަސް ކުރިންޓްރަމްޕުގެ ހުށަހެޅުމަށް އިޖާބަދީ، ޝަރުތުތަކަކާއެކު ޣައްޒާގެ ވެރިކަން ދޫކޮށްލަން އެއްބަސްވެއްޖެދުނިޔެ | 11 ދުވަސް ކުރިން