logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

ދައްކާ ބިރަކަށް ސިހުމެއް ނެތް، ގްލޯބަލް ސުމޫދު ފްލޮޓިލާ އުޅަނދުތައް ރީނދޫ ޒޯން ހުރަސްކޮށްފި

އާމިނަތު ޝަފާ
30 ސެޕްޓެމްބަރު 2025 - 05:41
ދައްކާ ބިރަކަށް ސިހުމެއް ނެތް، ގްލޯބަލް ސުމޫދު ފްލޮޓިލާ އުޅަނދުތައް ރީނދޫ ޒޯން ހުރަސްކޮށްފި

ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދާ 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތައް ރީނދޫ ޒޯން ހުރަސްކޮށްފިއެވެެ.

ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހިސާބުން ފެށިގެން ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ހަރަކާތުގެ ބައިވެރިންނަށް އިންޒާރުދީ ބިރުދައްކައި ބައެއް އުޅަނދުތަކަށް ހަމަލާވެސް ދީފައެވެ.

އެހެންނަމަވެސް ޔަހޫދީންގެ އިންޒާރުތަކަށް ބީރު ކަންފަތެއްދިނުމަށްފަހު ގްލޯބަލް ސުމޫދު ފްލޮޓިލާ އުޅަނދުތައް ވަނީ ރީނދޫ ޒޯން ހުރަސްކޮށްފައެވެ.

އަދި އަންނަ ބުރާސްފަތި ހިސާބުގައި ރެޑް ލައިން ހުރަސްކުރެވޭނެކަމަށް އެ ހަރަކާތުން ބުނެއެވެ.

ޞުމޫދް ފްލޮޓިއްލާގައި 40އެއްހާ އުޅަނދު ހިމެނޭއިރު އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ހިމެނެއެވެ.

މިހާރުވެސް އެ އުޅަނދުތައް އޮތީ ޔަހޫދީންގެ ހަމަލާއެއް އަމާޒުވެދާނެފަދަ ހިސާބެއްގައިކަމަށްވާތީ އެ އުޅަނދުތަކުގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސްޕެއިނާއި، އިޓަލީވިލާތުގެ އިތުރުން ގްރީސާއި ތުރުކީ ވިލާތުން ދަނީ އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ.

އެ އުޅަނދުތައް މި ވަގުތު ދަތުރު ކުރަމުން ދަނީ މެޑިޓެރޭނިޔަން ކަނޑުން އިރަށެވެ. އެއާއެކު ޔަހޫދީން އަންނަނީ ޢައްޒާގެ ކަނޑުގެ ސަރަހައްދަށް ނުވަނުމަށް އިންޒާރު ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 4 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 5 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 13 ދުވަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | މަހެއް ކުރިން