logo
Bank of Maldives

Bank of Maldives

ދުނިޔެ

ގްލޯބަލް ސުމޫދު ފްލޮޓިއްލާ އުޅަނދުތައް ނުރައްކާތެރި ސަރަހައްދަށް، ހަމަލާދީފާނެކަމުގެ ބިރު ބޮޑު!

އާމިނަތު ޝަފާ
30 ސެޕްޓެމްބަރު 2025 - 11:23
ގްލޯބަލް ސުމޫދު ފްލޮޓިއްލާ އުޅަނދުތައް ނުރައްކާތެރި ސަރަހައްދަށް، ހަމަލާދީފާނެކަމުގެ ބިރު ބޮޑު!

ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދާ 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތައް ނުރައްކާތެރި ސަރަހައްދުގެ ތެރޭގައި ހިމަނާފައިވާ ސަރަހައްދަށް ވަދެއްޖެއެވެ.

ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހިސާބުން ފެށިގެން ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ހަރަކާތުގެ ބައިވެރިންނަށް އިންޒާރުދީ ބިރުދައްކައި ބައެއް އުޅަނދުތަކަށް ހަމަލާވެސް ދީފައެވެ.

އެހެންނަމަވެސް ޔަހޫދީންގެ އިންޒާރުތަކަށް ބީރު ކަންފަތެއްދިނުމަށްފަހު ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ އުޅަނދުތައް މިވަނީ ރީނދޫ ޒޯން ހުރަސްކޮށް އެންމެ ނުރައްކާތެރި ސަރަހައްދަށް ވަދެފައެވެ. މިހާރު މި އުޅަނދުތައް އޮތީ ޣައްޒާއާ 370 ކިލޯމީޓަރު ކައިރީގައެވެ.

ސުމޫދު ފްލޮޓިއްލާގެ އުޅަނދުތައް މިހާރު އޮތް ސަރަހައްދަކީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބެލެވިފައިވަނީ މި ސަރަހައްދަކީ ޔަހޫދީންގެ ބާރު ހިނގާ ސަރަހައްދަކަށް ވެފައި ކޮންމެ ވަގުތަކުވެސް ޔަހޫދީން މި އުޅަނދުތަކަށް ހަމާލާދީފާނެކަމުގެ ބިރު އޮތުމުންނެވެ.

 ޔަހޫދީން އަންނަނީ ޢައްޒާގެ ކަނޑުގެ ސަރަހައްދަށް ނުވަނުމަށް މި އުޅަނދުތަކަށް އިންޒާރު ދެމުންނެވެ.

ޞުމޫދް ފްލޮޓިއްލާގައި 40އެއްހާ އުޅަނދު ހިމެނޭއިރު އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ހިމެނެއެވެ.

ސުމޫދު ފްލޮޓިއްލާގެ އުޅަނދުތަކުގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސްޕެއިނާއި، އިޓަލީވިލާތުގެ އިތުރުން ގްރީސާއި ތުރުކީ ވިލާތުން ދަނީ އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ހަމާސް ދެމިއޮތްހާ ހިނދަކު ހަނގުރާމަ ހުއްޓައެއް ނުލާނަން: ޔަހޫދީން ޚަބަރު | 2 މަސް ކުރިންސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި ދުނިޔެ | 2 މަސް ކުރިންރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށްޚަބަރު | 2 މަސް ކުރިންހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި ޚަބަރު | 2 މަސް ކުރިން