މަޤްބޫލް ރެސްޓޯރަންޓް، ސޯލް ރެސްޓޯކޭފް ރީބްރޭންޑް ކުރުމަށްފަހު އަލުން ހުޅުވައިފި
1 އޮކްޓޯބަރު 2025 - 14:00
.png&w=3840&q=75)
މާލޭގެ މަޤްބޫލް ރެސްޓޯރަންޓް، ސޯލް ރެސްޓޯކޭފް ރީބްރޭންޑިންގ އަކަށްފަހު އަލުން ހުޅުވާލައިފައެވެ. މިގޮތުން އައު އައިޑެންޓިޓީއަކާއެކު ގިނަ ޑިސްކައުންޓްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ.
ރީލޯންޗްގެ ގޮތުގައި، ސެޕްޓެމްބަރ 30 އިން އޮކްޓޯބަރ 7 އަށް ހުރިހާ ކާބޯތަކެތިން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ ކަސްޓަމަރުންނަށް އެމީހުންގެ މަޤްބޫލް މެނޫ އައިޓަމްތައް އަލުން ތަޖުރިބާކުރުމަށް ނުވަތަ އައު މެނޫ އައިޓަމްތައް ތަޖުރިބާކުރުމަށް ރަނގަޅު ފުރުސަތެކެވެ.

Ad by Hajj Corporation
އަވަސް އަދި ފަސޭހަ ޑެލިވަރީ ޚިދުމަތަށް މަޝްހޫރު ސޯލް ރެސްޓޯކޭފްއިން ހަވީރު 06:00 އިން ރޭގަނޑު 3:30 އާ ހަމައަށް ޚިދުމަތް ފޯރުކޮށްދެއެވެ. ލޯޑެޑް ފްރައިސް، ކޯޑަން ބްލޫ ބަރގަރ އަދި މޭޝްއަޕް ބަރގަރ ފަދަ މަޤްބޫލް މެނޫ އައިޓަމްތައް މިހާރުވެސް މެނޫގައި ހިމެނެއެވެ.
މީގެއިތުރުން، ރެސްޓޯރަންޓްގެ އޮފިޝަލް ވެބްސައިޓް SoulRestocafe.online އިން އޯޑަރުކުރާ ކަސްޓަމަރުންނަށް 10 ޕަސެންޓާ ހަމައަށް ސޭވްކުރެވޭނެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ ފަރާތްތަކަށް ވީއައިޕީ ޓިއަރތަކާއި ލޯޔަލްޓީ ޕޮއިންޓްސްގެ ނިޒާމެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މިއާއެކު ގަވާއިދުން އޯޑަރުކުރާ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކާއި ރިވޯޑްތައް ލިބޭނެއެވެ.
ކަސްޓަމަރުންނަށް އިތުރު ފަސޭހައަކަށް، މާލޭގެ ހުރިހާ ސަރަހައްދަކަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ޕްރޮމޯޝަންތަކާއި ގިފްޓް ހަދިޔާތަކާއި ލޯޔަލްޓީ ޑީލްތައް ތަޢާރަފުކުރާނެކަމަށް ސޯލް ރެސްޓޯކޭފްއިން ވަނީ ހާމަކޮށްފައެވެ. ޑެލިވަރީ އޯޑަރުުރުމަށް ގުޅާނެ ނަންބަރަކީ 9281010 އެވެ.