logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހު އަމަލުކުރަން ފަށަނީ

ސުދާ ލަތީފް
23 ޑިސެމްބަރު 2024 - 04:07
އޮތެންޓިކް މޯލްޑިވްސް ގައި ހުރި ބއެއް ދިވެހި އުފެއްދުންތައް
އޮތެންޓިކް މޯލްޑިވްސް ގައި ހުރި ބއެއް ދިވެހި އުފެއްދުންތައް

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަން ނިންމާފައިވާއިރު، ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިވާނެކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

2014 ވަނަ އަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއި ކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.

އެގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށްޓްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައިވެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާއާއި ރައްޖެއާދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އެނޫންވެސް އުފެއްދުންތެރި މަސައްކަތް ކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު މަސްވެރިކަމުގެ ސިނާއަތާއި އަދި އިމާރާތްކުރުމުގެ ސިނާއަތައްވެސް ބޮޑު ފައިދާތަކެއް ކުރާނެކަމަށެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ވިޔަފާރިތަކާއި އަދި އެހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޗައިނާގައި އެމީހުންގެ ވިޔަފާރިއާއި ޚިދުމަތްތައް ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ ބިލިއަނެއްހައި މީހުންގެ އާބާދީއަކަށް ތަކެތި ވިއްކުމަށް ހުޅުވިގެންދާނެ ބޮޑު ފުރުސަތެކެވެ. ދިވެހި ވިޔަފާރިތައް ބައިނަލްއަޤްވާމީ މާކެޓަށް ފުޅާކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެޚަބަރު | 10 ގަޑިއިރު ކުރިން މަޤްބޫލް ރެސްޓޯރަންޓް، ސޯލް ރެސްޓޯކޭފް ރީބްރޭންޑިންގ އަކަށްފަހު އަލުން ހުޅުވާލައިފަޚަބަރު | 13 ދުވަސް ކުރިންރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފިޚަބަރު | 9 މަސް ކުރިންޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 9 މަސް ކުރިން