logo
Bank of Maldives

Bank of Maldives

ޚަބަރު

އަތޮޅުތެރޭ ތަކެތީގެ އަގު ބަލާލެވޭ ގޮތަށް "އަގުމަގު" އެޕް ރަސްމީކޮށް ތައާރަފްކޮށްފި

އައިޝަތު ނަޝާ
16 ޖުލައި 2026 - 08:05
އަތޮޅުތެރޭ  ތަކެތީގެ އަގު ބަލާލެވޭ ގޮތަށް "އަގުމަގު" އެޕް ރަސްމީކޮށް ތައާރަފްކޮށްފި

ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތާއި އަތޮޅުތެރޭގައި ތަކެތި ވިއްކާ އަގުތައް ފަސޭހަކަމާއެކު އާންމުންނަށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނަން ހުންނާނެ އެވެ. އެގޮތުން ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިގަނެވޭނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter



މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ. އެގޮތުން ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިގަނެވޭނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ބަލާލެވޭނެކަމަށާއި އަދި އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން މި އެޕްލިކޭޝަން މެދުވެރިކޮށް ނޮޓިފިކޭޝަން ވެސް ލިބޭނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެ އެވެ.

މިނިސްޓްރީން ބުނީ އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓުތައް ސޭވްކޮށް ބޭނުން ކޮންމެ ވަގުތަކު އެ ތަކެތީގެ އަދާހަމަ އަގު ބަލާލުވުމުގެ އިތުރުން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެގޮތާއި ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ފަސޭހަކަމާއިއެކު ހޯދާލެވޭނެކަމަށެވެ.

ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބެލޭނެ "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފައިވަނީ 28 ފެބްރުއަރީ 2025 ގައެވެ. ނަމަވެސް މި ޕޯޓަލް މެދުވެރިކޮށް އޭރު ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް މިހާރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލަށް ތައާރަފުކުރި މި އެޕްގެ ސަބަބުން މުޅި ރާއްޖޭގެ އަގުތައް ފަސޭހައިން ބަލައިލެވޭނެ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަތޮޅުތެރޭ ތަކެތީގެ އަގު ބަލާލެވޭ ގޮތަށް "އަގުމަގު" އެޕް ރަސްމީކޮށް ތައާރަފްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއެސްއެމްއީތަކަށް ހެޔޮއަގެއްގައި މުދާ ރައްކާކުރެވޭ ގުދަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 7 މަސް ކުރިންރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެޚަބަރު | 9 މަސް ކުރިންޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހު އަމަލުކުރަން ފަށަނީ ޚަބަރު | 2 އަހަރު ކުރިން