logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއެމްއީތަކަށް ހެޔޮއަގެއްގައި މުދާ ރައްކާކުރެވޭ ގުދަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ޒިދާން މުޙައްމަދު
30 ޑިސެމްބަރު 2025 - 16:24
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ

އެސްއެމްއީ ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހެޔޮ އަގެއްގައި މުދާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގުދަންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރައިން ބުނެފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބައެއް މަސައްކަތްތައް ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ބުނީ ކުރިއަށް އޮތް 2 އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅާ ހާޢްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ދެ އަހަރުކަމަށް ވުމުން، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށެވެ.

އެ ވުޒާރާއިން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރެއްވުމަށް މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ގިނަ ކަންބޮޑުވުންތަކެއް ހުށަހެޅި ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި، ކުޅުދުއްފުށިސިޓީ އަދި އައްޑޫސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ސްޓޯރޭޖް ފެސިލިޓީ ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކުރަމުންދާ މަސައްކަތެއްކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެއެވެ. އެ ވުޒާރާއިން ބުނީ މިކަމާ ގުޅޭ ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރައްވާނެ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރުތަކުން މިހާރަށް ވުރެ އަވަހަށް މުދާ ކްލިއަރ ކުރުމާއި، އެސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުތަކުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ބޭތިއްބުމަށް ހާއްސަ ކޮޓަރިތައް ކުއްޔަށްދޭ ވިޔަފާރިތައް ރެޖިސްޓްރީކޮށް ކޮޓާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނެސްފައިވާ ކަމަށެވެ.

މިކަންކަމުގެ އިތުރުންވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުން ވަނީ މިހާތަނަށް އައިއިރު ފިޔަވަޅުތައް އަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 17 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 2 ދުވަސް ކުރިން