logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕްރީމިއަރ ލީގު ޗެންޕިއަން ޓީމަށް ހިތިގޮތަކަށް ހިތިފަތު ފެން ބޯންދީފި

އަބްދުﷲ ޣާނިމް
1 އޮކްޓޯބަރު 2025 - 04:52
ޕްރީމިއަރ ލީގު ޗެންޕިއަން ޓީމަށް ހިތިގޮތަކަށް ހިތިފަތު ފެން ބޯންދީފި

ޗެމްޕިއަންސް ލީގުގައި ރޭގައި ތުރުކިޔޭގެ ޗެންޕިއަން ގަލަޓަސަރާއީ އިން އިނގިރޭސި ޗެންޕިއަން ލިވަޕޫލް އަށް ވަރުގަދަ މެސެޖެއް ދީފިއެވެ. 400 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްގެން މިސީޒަނުގައި ޓީމު އެކުލަވާލާފައިވާ އާނޭ ސްލޮޓްގެ ލިވަޕޫލް ގަލަޓަސަރާއީ އަތުން ރޭގައި ބަލިވީ 1-0 އިންނެވެ.

އިސްތަންބޫލްގެ ރަމްސް ޕާކުގައި ކުޅުނު މެޗެއްގައި ނައިޖީރިއާގެ ސްޓްރައިކަރު ވިކްޓަރ އޮސިމެންގެ ފުރަތަމަ ހާފުގެ ޕެނަލްޓީއަކުން ލިވަޕޫލް ވަނީ ގަލަޓަސަރޭ އަތުން 1-0 އިން މޮޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 15 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮޒްލައި، ބާރިސް ޔިލްމަޒްއަށް ފައުލުކުރުމުން ލިބުނު ޕެނަލްޓީ އޮސިމެން ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ލިވަޕޫލަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، ވީއޭއާރު ޗެކްކުރުމަށްފަހު ރެފްރީ ކްލެމެންޓް ޓާޕިން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މެޗުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޔިލްމަޒްގެ ހަމަލާއެއް އަލިސަން ހުއްޓުވިއެވެ. އަދި ހޫގޯ އެކިޓިކޭގެ ހަމަލާއެއް އުގުރުޖަން ޗަކިރު ހުއްޓުވިއެވެ. އަދި ކޯޑީ ގަކްޕޯގެ ވަރުގަދަ ހަމަލާއެއް އިސްމާއިލް ޖޭކޮބްސް ވަނީ ގޯލު ލައިނުން ސަލާމަތްކޮށްފައެވެ.

މި މެޗާއެކު ގަލަޓަސަރޭ ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ވިދިވިދިގެން 8 މެޗުން މޮޅެއް ނުލިބި ތިބުމުގެ ރެކޯޑު ނިމުމަކަށް ގެނެސްފައެވެ. އެ ޓީމުގެ އެންމެ ފަހުން މޮޅުވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މެޗުގެ ހީރޯ އޮސިމެން ވަނީ ޗެމްޕިއަންސް ލީގުގައި ތިން ޓީމަކަށް (ލިލް، ނަޕޯލީ، ގަލަޓަސަރޭ) ގޯލު ޖަހާފައިވާ ފުރަތަމަ ނައިޖީރިއާ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތަށް ނަން އިތުރުކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި 10 ގޯލު ޖަހާފައިވާ ފުރަތަމަ ނައިޖީރިއާ ކުޅުންތެރިޔާވެސް މެއެވެ.

މިމެޗުގައި ލިވަޕޫލުގެ ގޯލްކީޕަރު އަލިސަން އަދި އެކިޓިކެ އަށް ވަނީ އަނިޔާވެ ދަނޑުން ބާލާފަައެވެ. ލިވަޕޫލުން ދެން އެންމެ އަވަހަށް ނިކުންނާނީ ޕްރީމިއަރ ލީގުގައި އަންނަ ހޮނިހިރުދުވަހު ޗެލްސީއާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށްކުޅިވަރު | 2 ދުވަސް ކުރިންގަލަޓަސަރާއީ އަތުން ބަލިވެ ލިވަޕޫލްގެ ސީޒަން ހުސްއަތާ ނިންމާލުމުގެ ބިރުބޮޑުވެއްޖެކުޅިވަރު | 7 ދުވަސް ކުރިންރެލިގޭޝަނުގައި އޮތް ވުލްވްސް އަތްދަށުވެ ލިވަޕޫލަށް ޗެންޕިއަންސް ލީގުގެޖާގަ ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | 14 ދުވަސް ކުރިންއާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށްކުޅިވަރު | 17 ދުވަސް ކުރިން