މާޓިނެއްލީ އަނެއްކާވެސް ތަފާތު ދައްކައިދީ އާސެނަލް މޮޅުކޮށްދީފި
2 އޮކްޓޯބަރު 2025 - 04:00

އާސެނަލްގެ ބްރެޒިލިއަން އެޓޭކަރ ގެބްރިއެލް މާޓިނެއްލީ އަނެއްކާވެސް ޗެންޕިއަންސް ލީގުގައި އާރސެނަލް މޮޅުވުމުގައި މުހިންމު ދައުރެއް އަދާކޮށްފިއެވެ.
މީގެ ކުރިން ރައުޑް އެކެއްގައި އާސެނަލް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލީޑު ނަގައިދިން މާޓިނެއްލީ ވަނީ ރޭގައި ރައުންޑް 2 ގައި އޮލިމްޕިއާކޮށްއާއި ދެކޮޅަށް ކުޅުނު މެޗުގައި އެންމެ 12 މިނެޓުގައި ލީޑުނަގައިދީފައެވެ. ވިކްޓަރ ގިއޯކެރެސްގެ ޝޮޓް ގޯލްކީޕަރުގެ ދަށުން ގޮސް ޕޯސްޓުގައި ޖެހުމުން، މާޓިނެއްލީ ވަނީ އެ ބޯޅަ ގޯލަށް ޖަހާލާފައެވެ.ރޭގެ މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ. ރޭގެ މެޗުގެ މެޗުގެ ފަހު ވަގުތުތަކުގައި ބުކާޔޯ ސަކާ ވަނީ ދެވަނަ ގޯލު ޖަހާފައެވެ.

Ad by Hajj Corporation
މި ސީޒަނުގައި ޗެންޕިއަންސް ލީގުގައި މިހާތަނަށް އާސެނަލް ދެމެޗު ކުޅެފައިވާއިރު، އެޓީމުގެ ބައިކޮޅަށް މިހާތަނަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެއެވެ.