logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ސްލޮވާކިޔާގެ ކޯޗު ޖޯޖްލީ ހަމަޖައްސައިފި

އަބްދުﷲ ޣާނިމް
2 އޮކްޓޯބަރު 2025 - 04:30
ފޮޓޯ: ވިކްޓްރީ ސްޕޯރޓްސް ކްލަބް
ފޮޓޯ: ވިކްޓްރީ ސްޕޯރޓްސް ކްލަބް

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ސްލޮވާކިޔާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ގެރީ ހަމަޖައްސައިފިއެވެ. އައު ކޯޗު ތައާރަފުކުރުމަށް އަދި އެ ކުލަބުގެ އައު ބޯޑު މީޑިއާއަށް ތައާރަފުކުރުމަށް ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

48 އަހަރުގެ ޖޯޖްލީއަކީ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. އޭނާއަކީ ކުރީގެ މަޝްހޫރު ޑިފެންޑަރެއް ކަމަށްވާއިރު، 2014 ވަނަ އަހަރުން ފެށިގެން ކޯޗިންގ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. ސްލޮވާކިޔާގެ ފުރަތަމަ ޑިވިޝަންގައި މަސައްކަތްކޮށްފައިވާ ޖޯޖްލީ، އެ ގައުމުގެ ޔޫތް ޑިވެލޮޕްމަންޓް ޑިރެކްޓަރުގެ މަގާމުވެސް އަދާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔޫރަޕްގެ ފުޓްބޯޅައިގެ އުކުޅުތައް ދަސްކޮށްފައިވާ ޖޯޖްލީ އާއެކު އެންމެ ފުރަތަމަ ވިކްޓްރީ ސްޕޯޓްސް ކުލަބުން ނިކުންނާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިވަގުތު ވިކްޓްރީ އޮތީ 3 ޕޮއިންޓާއެކު ލީގު ތާވަލުގެ 5 ވަނައިގައެވެ.

ވިކްޓްރީން މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން 1-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައިވާއިރު، 5-0 ގެ ނަތީޖާއަކުން ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިކްޓްރީގެ ކޯޗުކަމާ މޯހަން ހަވާލުވެއްޖެކުޅިވަރު | 2 މަސް ކުރިންވެލެންސިއާ އިން ވިކްޓަރީ މޮޅުވިޔަނުދީ ހިފަހައްޓައިފިކުޅިވަރު | 3 މަސް ކުރިންރަސްވާދައިގެ ދެވަނަ މެޗު ފަހަތުން އަރައި ވިކްޓްރީއިން ކާމިޔާބުކޮށްފިކުޅިވަރު | 4 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާއިން 100% ގެ ރެކޯޑް ދަމަހަށްޓައިފިކުޅިވަރު | 5 މަސް ކުރިން