logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެ

ޢައްފާން މުޙައްމަދު
20 އޮކްޓޯބަރު 2025 - 15:12
ރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެ

އަންގާރަ ދުވަހުގެ ހަވީރު ކުޅޭ ރަސްވާދަ މެޗުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވާނެ ކަމާއި، ސަޕޯޓަރުން އެދޭ ފަދަ ކުޅުމެއް ކުޅެން ދެ ޓީމުން ވެސް ވަރުގަދަ ތައްޔާރީތަކެއް ވެފައިވާނެކަން އެ ދެ ޓީމުގެ ކޯޗުން ހާމަކޮށްފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިކްޓްރީގެ ކޯޗު  ޖޯޖްލީ ގެރީ ބުނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ވިކްޓްރީން ނުކުންނަ މެޗަކީ މި ސީޒަނުގައި އެ ޓީމުން ކުޅޭނެ އެންމެ މުހިންމު މެޗު ކަމަށެވެ. އަދި އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ނިއުއިން ކުޅެފައިވާ ތިން މެޗުން، ނިއުގެ ފެންވަރު އެނގިގެން ދިޔަކަމަށް އޭނާ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުއާ ދެކޮޅަށް ނުކުންނަ މެޗަކީ ވިކްޓްރީއަށް އެންމެ މުހިންމު މެޗު. ޑާބީ މެޗު އެއީ. ނިއުރޭޑިއަންޓުން މިހާތަނަށް ކުޅުނު މެޗުތައް އަހަރެން ބަލައިފިން. ވަރަށް ވަރުގަދަ ޓީމެއް އެއީ. ވަކިވަކި ކުޅުންތެރިންގެ ހުނަރުވެރިކަމަށް ބަލާއިރު ވެސް ވަރަށް ތަފާތު ޓީމެއް. އެންމެ ގިނަ ލަނޑުޖެހި އެއް ޓީމު. ބައިކޮޅަށް ލަނޑެއް ނުވަދެ ތިން މެޗު އެ ނިންމާލީ. މި ނަތީޖާތަކުން ވެސް އިތުރަށް އެއްޗެއް ބުނަން ނުޖެހޭ ވަރަށް ނިއުގެ ފެންވަރު އެބަ އެނގޭ. މިއީ ވިކްޓްރީއަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ. އެކަމަކު އަހަރުމެން ވެސް މިއައީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. ވިކްޓްރީގެ އެ ކޮލިޓީ ވެސް އެބަހުރި. ފަރިތަކުރުންތަކުގައި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށް ވަރަށް ރަނގަޅަށް މިވަނީ ތައްޔާރުވެފަ. މި މެޗުގައި ނިއު ބަލިކުރަން ވިކްޓްރީގެ ވަކވަކި ކުޅުންތެރިންގެ ހުނަރާއި ޓީމެއްގެ ގޮތުގައި ކުޅޭ ކުޅުން ރަނގަޅުކުރުން ވަރަށް މުހިންމު މެޗުން މޮޅުވަންޏާ. އެންމެ މުހިންމީ ނަތީޖާ. މެޗުން މޮޅުވާން ވަރަށް މަސައްކަތްކުރާނަން - ވިކްޓްރީގެ ކޯޗު  ޖޯޖްލީ ގެރީ

ވިކްޓްރީގެ ކޯޗު  ޖޯޖްލީ ގެރީ އިތުރަށް ބުނީ، މިވީ މުއްދަތުގެ ތެރޭގައި ޓީމު ދަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، މިހާތަނަށް ކުޅުންތެރިންނާއި މުޅި ޓީމުގެ އެޓިޓިއުޑާއި ވިސްނުމަށް ބަލާއިރު ފެންނަނީ އުއްމީދީ، ޕޮޒިޓިވް ކަންތައްތަކެއް ކަމަށެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ވިދާޅުވީ، މި މެޗަށް ނުކުންނައިރު، ވިކްޓްރީ އަކީ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ޓީމެއް ނަމަވެސް، މިވަގުތު ހަވާލުވެ އޮތް ޒިންމާއަކީ ރާއްޖޭގެ އެންމެ ބޮޑު ޓީމުގެ ކޯޗުގެ މަގާމު ކަމުން މިވަގުތު 100 އިންސައްތަ ފޯކަސް ހުރީ މި މެޗުން ނިއުއަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށެވެ.

ނުހައްގު ސަސްޕެންޝަނެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަން ޖެހުމަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނުގައި ލިބުނު ފުރުސަތުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އަންގާރަ ދުވަހުގެ ހަވީރު އޮންނައިރު، މި މެޗު ޕްރޮމޯޓުކުރަނީ "ރަސްވާދަ" ޓެގްލައިންގެ ދަށުންނެވެ.

އެންމެފަހުން ވިކްޓްރީ އާއި ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނުގައި މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު އެ މެޗު 1-3 އިން ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެފަހުން ދެވަނަ ޑިވިޝަނުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައިރު އެ މެޗުގައި ފަރަގު ބޮޑު ނަތީޖާއަކުން ވިކްޓްރީގެ މައްޗަށް ނިއުއިން ވަނީ ކުރި ހޯދާފައެވެ. އެ މެޗުން ނިއު މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗު ވެގެންދާނީ ޒަމާންތަކަކަށްފަހު ގަލޮޅު ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ބައިވެރިވުމާއެކު ކުޅޭނެ މެޗަކަށެވެ."ރަސްވާދަ" އިގައި ދެ ރަސްގެފާނުން ނުކުންނައިރު ރަސް އާއިލާއިން އެ ފޯރިއާއި ޖޯޝު ގެނުވާނެއެވެ. މިފަހުން ނިއު އާއި ވިކްޓްރީން ދެވަނަ ޑިވިޝަނުގައި ދެމެޗެއްގައި ވާދަކޮށްފައިވާއިރު، އެ ދެމެޗުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ވަތްކަމީ މިކަމުގެ ހެއްކެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެކުޅިވަރު | 15 ގަޑިއިރު ކުރިންވިކްޓްރީއަށް ހިތުގައި ޙާއްސަ މަގާމެއް އޮތަސް %100 ފޯކަސް ހުރީ ނިއުއަށް ކާމިޔާބީ ހޯދައިދޭން: ސުޒެއިންކުޅިވަރު | 17 ގަޑިއިރު ކުރިންރަސްވާދަ: ރަން ކާމިޔާބީގެ ލިމިޓެޑް އެޑިޝަން ޖާޒީ ގަތުމުގެ ފުރުސަތު މާދަމާކުޅިވަރު | 3 ދުވަސް ކުރިންވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓު ފެންނާނެ: މުބީންކުޅިވަރު | 13 ދުވަސް ކުރިން