logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

ކުޅިވަރު

ވިކްޓްރީ ބަލިކޮށް މާޒިޔާއިން 100% ގެ ރެކޯޑް ދަމަހަށްޓައިފި

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2025 - 17:34
ފޮޓޯ: މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ފޮޓޯ: މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް

ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ލިބިފަ އޮތް ލީޑު ދަމަހައްޓައިފިއެވެ. މިމެޗު މާޒިޔާ ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މި މޮޅާއެކު މާޒިޔާއިން ވަނީ ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ވިކްޓަރީ އަތުން މާޒިޔާ ހޯދި މި މޮޅާއެކު، އެޓީމުވަނީ މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 24 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނިއު ކުޅޭނީ ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އޮޑި އަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާޒިޔާ އިން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓުގައި ހަމްޒާ ނަގައިދިން ކޯނަރަކުން މެންޑީ ބޮލުން ގޯލުތެރެއަށް ވައްދައިލައިގެންނެވެ. މިއީ މެންޑީ ލީގުގައި ޖެހި ނުވަވަނަ ލަނޑެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ސާޖިއޯ މެންޑީ ވަނީ ގާތްގާތުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ.

މާޒިޔާގެ ފަހު ދެލަނޑު ފެނިގެން ދިޔައީ މެޗުގެ ފަހުކޮޅުގައެވެ. 84 ވަނަ މިނިޓުގައި އައިހަމް އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލިއިރު، މެޗުގެ އިތުރު ވަގުތު ތެރޭގައި މާޒިޔާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން ދިން ބޯޅައަކުން ހައިޝަމް އެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ މިހާރު ދެވަނައިގައި އޮތް ނިއުރޭޑިއަންޓާ ދެކޮޅަށެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިކްޓްރީގެ ކޯޗުކަމާ މޯހަން ހަވާލުވެއްޖެކުޅިވަރު | 3 ގަޑިއިރު ކުރިންޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 8 ދުވަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 12 ދުވަސް ކުރިންވެލެންސިއާ އިން ވިކްޓަރީ މޮޅުވިޔަނުދީ ހިފަހައްޓައިފިކުޅިވަރު | 2 މަސް ކުރިން