logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަސްވާދަ: ރަން ކާމިޔާބީގެ ލިމިޓެޑް އެޑިޝަން ޖާޒީ ގަތުމުގެ ފުރުސަތު މާދަމާ

ޢައްފާން މުޙައްމަދު
18 އޮކްޓޯބަރު 2025 - 15:15
ރަސްވާދަ: ރަން ކާމިޔާބީގެ ލިމިޓެޑް އެޑިޝަން ޖާޒީ ގަތުމުގެ ފުރުސަތު މާދަމާ

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ނިސްބަތްކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އެކުލަބުގެ ޒަމާންވީ ވާދަވެރިޔާ، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ރަން ކާމިޔާބީތައް ރަމްޒުކޮށްދޭ ލިމިޓެޑް އެޑިޝަން ޖާޒީތައް ވިއްކުމުގެ ހާއްސަ ހަރަކާތެއް، މާދަމާ ހަވީރު ބާއްވަން ތާވަލުކޮށްފިއެވެ.

''މެންދުރު ޓީވީ'' އާ ވާހަކަދައްކަވަމުން ނިއުރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، މި ހަރަކާތް އޮންނާނީ 19 އޮކްޓޯބަރުވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އާޓިފިޝަލް ބީޗުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތުގައި، ނިއުއިން އެންމެފުރަތަމަ ގައުމީ ތަށި އުފުލާލިއިރު 1982 ގައި އެ ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި 1985 ވަނަ އަހަރު ވިކްޓްރީން ގައުމީ ތަށި މިލްކުކުރިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް ބައިވެރިވާނެއެވެ. އަދި އެ ދުވަސްތަކުގައި އެ ދެ ޓީމުން ބޭނުންކުރި، ރަން ކާމިޔާބީގެ ރަމްޒު ޖާޒީ ވެސް ހެޔޮ އަގެއްގައި މި ހަރަކާތުގެ ތެރެއިން ލިބެން ހުންނާނެއެވެ.

މީގެއިތުރުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މި ސީޒަނުގައި ބޭނުންކުރާ އެ ޓީމުގެ ރަސްމީ ޖާޒީ ވެސް މި ހަރަކާތުގެ ތެރެއިން ސަޕޯޓަރުންނަށް ގަންނަން ލިބޭނެއެވެ.

ޖާޒީ ލިބެން ހުރި އަގުތަކަށް ބަލާއިރު، ނިއުރޭޑިއަންޓުން ވިއްކާ ދެ ޖާޒީވެސް ލިބެން ހުންނާނީ 500ރ އަށެވެ. ވިކްޓްރީން ވިއްކާ ޖާޒީ ލިބެން ހުންނާނީ 185ރ އަށެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ހަރަކާތުގެ ތެރެއިން ވިއްކާ ނިއުރޭޑިއަންޓުގެ ހާއްސަ ޖާޒީ ނުވަތަ ރަން ކާމިޔާބީގެ ރަމްޒެއް ކަމުގައިވާ ފެއްސާއި ހުދު ކުލަ ހިމެނޭ ޖާޒީ އަކީ ހަމައެކަނި މި ހަރަކާތުގެ ތެރެއިން، ލިމިޓެޑް އަދަދަކަށް ލިބެން ހުންނާނެ ޖާޒީއެކެވެ. އެގޮތުން އެ ޖާޒީގެ ވިއްކާނީ 100 ޕީސް އެވެ.

މެނޭޖްމަންޓުން ގަބޫލުކުރާ ގޮތުގައި، ޖާޒީ ވިއްކުމަށް މި ބާއްވާ އިވެންޓުގައި، 1980 ގެ އަހަރުތަކުގައި އެ ޓީމުތަކަށް ކުޅުނު ކުޅުންތެރިން ބައިވެރިވުން ވެގެންދާނީ، އެ ދެ ކުލަބުގެ ހަގީގީ ސަޕޯޓަރުންނަށް، ދޫކޮށްނުލެވޭ ވަރުގެ ބޮޑު ފުރުސަތެއް ލިބޭނެ ކަމަކަށެވެ.

ރަސްވާދައިގައި 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވިކްޓްރީން ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިސް ބުރު އަތުން ނިއު އަށް ފަސޭހަ މޮޅެއް ކުޅިވަރު | 16 ގަޑިއިރު ކުރިންރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށްކުޅިވަރު | 6 ދުވަސް ކުރިންވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"ކުޅިވަރު | 7 ދުވަސް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 10 ދުވަސް ކުރިން