logo
Bank of Maldives

Bank of Maldives

ޚަބަރު

ޔަހޫދީން ސުމޫދު ފްލޮޓިލާގެ ހުރިހާ އުޅަނދުތަކެއް ހުއްޓުވައިފި

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2025 - 11:47
ޔަހޫދީން ސުމޫދު ފްލޮޓިލާގެ ހުރިހާ އުޅަނދުތަކެއް ހުއްޓުވައިފި

ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދިޔަ 'ގްލޯބަލް ޞުމޫދް ފްލޮޓިލާ'ގެ ނަންދީފައިވާ ހަރަކާތުގެ ހުރިހާ އުޅަނދުތަކެއް ހުއްޓުވާފައިވާކަމަށް ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް- އިސްރާއީލުން ބުނެފިއެވެ.

ޔަހޫދީ ޣައިރު ގާނޫނީ ދައުލަތުން ބުނީ ޞުމޫދް ފްލޮޓިލާ ހަރަކާތުގެ ހުރިހާ އުޅަނދެއް ޣައްޒާއަށް ވަނަ ނުދީ ހުއްޓުވާފައިވާކަމަށާއި އޭގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ 500 އެއްހާ މީހުން ޑީޕޯޓުކުރާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޞުމޫދް ފްލޮޓިލާ ދަތުރުގައި 40 އަށް ވުރެ ގިނަ އުޅަނދު ބައިވެރިވިއިރު ޔަހޫދީން ޞުމޫދް ފްލޮޓިލާގެ އުޅަނދުތަކަށް ހުރަސްއަޅާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ. ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުކަމަކަށްވާއިރު އެއީ ރަހީނުކުރުންކަމަށް ބުނެ ގިނަ ގައުމުތަކަކުން އަންނަނީ ޔަހޫދީންނަށް ފާޑުކިޔަމުންނެވެ.

ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފެށީ ހުސްވި ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ.

އެހިސާބުން ފެށިގެންވެސް ޔަހޫދީންގެ އަސްކަރިއްޔާއިން އައީ ހަރަކާތުގެ ބައިވެރިންނަށް އިންޒާރުދީ ބިރުދައްކައި ބައެއް އުޅަނދުތަކަށް ހަމަލާވެސް ދެމުންނެވެ.

އެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ހަމާސް ދެމިއޮތްހާ ހިނދަކު ހަނގުރާމަ ހުއްޓައެއް ނުލާނަން: ޔަހޫދީން ޚަބަރު | 2 މަސް ކުރިންސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި ދުނިޔެ | 2 މަސް ކުރިންރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށްޚަބަރު | 2 މަސް ކުރިންހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި ޚަބަރު | 2 މަސް ކުރިން