logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީ ސަރުކާރުގެ ކޮރަޕްޝަން: މަހާ ޖައްރާފު މަރާމާތުކުރުމުގައި ވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވޭ

ޢައްފާން މުޙައްމަދު
2 އޮކްޓޯބަރު 2025 - 21:42
ކުރީ ސަރުކާރުގެ ކޮރަޕްޝަން: މަހާ ޖައްރާފު މަރާމާތުކުރުމުގައި ވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވޭ

މުޅި އޭޝިއާ ސަރަޙައްދުގައިވެސް ބޭނުންކުރާ އެންމެ ބޮޑު ޑްރެޖަރުގެ ގޮތުގައި ރާއްޖެ ގެނައި އެމްޓީސީސީގެ މަހާ ޖައްރާފު މަރާމާތުކުރުމުގައި، އެމްޑީޕީގެ ވެރިކަމުގައި އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ބިން ހިއްކުމަށް ގެންގުޅޭ މަހާ ޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށް ޓަކައި 2022ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުން ޚިދުމަތް ހޯދިއިރު، މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެތެރޭގެ އޮޑިޓަރާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެމްޓީސީސީގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހްގީގުކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބަނދެފައިވާ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16 މީޓަރު ހުންނަ މަހާ ޖައްރާފަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި ޑްރެޖަރެކެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި، ބިން ހިއްކުން ފަދަ ބިޔަ މަޝްރޫޢުތަކަށް ހާއްސަކޮށްގެން ބަނދެފައިވާ އުޅަނދެކެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވަނީ، ހިއްސާދާރުންގެ ފައިސާއަށް ބައެއް ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ، މައްސަލައެއް ބަލައިދޭން ކަމާބެހޭ ފަރާތްތަކުގައި މިދިޔަ ބުދަ ދުވަހު އެދިފައެވެ. އެކަން ތަހްގީގުކޮށް، ހިއްސާދާރުންނަށް އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމަށް، އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އެޗްޑީސީގެ މިލްކިޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 މިލިއަނާ ގާތްކުރާ އަދަދެއްގެ ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ތަޙުޤީޤު ކުރަން އެ ކޯޕަރޭޝަނުން ވަނީ ތަހުގީގީ މުއައްސަސާތަކަށް ހުށަހަޅާފައެވެ.

މީގެއިތުރުން، އެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ 2.2 ބިލިއަން ރުފިޔާއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ވެސް، އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ މަސައްކަތް ނިމުމަކާ ގާތަށްޚަބަރު | 19 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު، ހޯމަދުވަހު ހުޅުވަނީޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގެ 97 އިންސައްތަ މަސައްކަތް ނިންމާލައިފިޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިން