logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ މަސައްކަތް ނިމުމަކާ ގާތަށް

ޒިދާން މުޙައްމަދު
7 ޑިސެމްބަރު 2025 - 05:30
ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގުގައި މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

މިމަސައްކަތްކުރާ އެމްޓީސީސީން މަަސައްކަތްކުރަމުންދަނީ ސެގްމެންޓް 1ގެ މަސައްކަތް އެއްކޮށް ނިންމާ، ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލުމަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އޭގެތެރެއިން މިހާރު މަސައްކަތް ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއްގައެވެ. ސެގްމަންޓް އެކެއްގައި ހިމެނޭ 140 މީޓަރުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު އެސަރަހައްދުގައި ކުރިއަށްދަނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތްތަކެވެ. އަދި މި ހުރިހާ މަސައްކަތެއް ނިންމުމަށްފަހު، ހޯމަދުވަހު އެ މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ބުނެެއެވެ.

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހި، ހޯމަ ދުވަހު އާންމުކޮށް ހުޅުވާލުމަށްފަހު ދެން ފަށާނީ އެމަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަހައްދެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ.

ފޭސް އެކެއްގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ ފަސް ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ.

ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.

މި މަޝްރޫޢު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްގީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއެއް ކަށަވަރުކޮށްދޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ މަސައްކަތް ނިމުމަކާ ގާތަށްޚަބަރު | 5 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު، ހޯމަދުވަހު ހުޅުވަނީޚަބަރު | 2 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގެ 97 އިންސައްތަ މަސައްކަތް ނިންމާލައިފިޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން