logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ވަށަމަގުން އަލަށް ތާރެއެޅިބައި އަންނަ ހަފުތާގައި ހުޅުވާލަނީ

ޒިދާން މުޙައްމަދު
11 ފެބްރުއަރީ 2026 - 11:28
މާލެ ވަށަމަގުން އަލަށް ތާރެއެޅިބައި އަންނަ ހަފުތާގައި ހުޅުވާލަނީ

މާލޭ ސިޓީގެ ވަށަމަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ހިމެނޭ ސަރަޙައްދުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ ސަރަޙައްދުގައި ތާރު އަޅާ ނިންމާލީ ރޭގައެވެ. އެ ސަރަޙައްދު އާއްމު ދަތުރުފަތުރަށް އަންނަ ހަފުތާގެތެރޭގައި ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެ ސަރަޙައްދުގެ މަގެހެދުމުގެ މަސައްކަތްތައް ފެށީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރު މަތީ ސަރަޙައްދުގެ މަގު، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ - އެމްޓީސީސީން ކުރިއަށްގެންދަނީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. މިބައިގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބަށެވެ.

އެގޮތުން 260 މީޓަރުގެ ސަރަޙައްދުގައި ވަނީ ތާރު އަޅާފައެވެ. އެމްޓީސީސީން ބުނީ މުޅި މަޝްރޫޢުގެވެސް ބޮޑު އިންސައްތައެއްގެ މަސައްކަތް މިހާރު ނިންމާފަވާކަމަށެވެ. ތާރުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތެވެ. އަދި ޔުޓިލިޓީ ނެޓްވޯކްގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްގީކުރަމުންދާއިރު، ޒަމާނީ ބޮޑެތި ބަދަލުތަކެއް އެ ސަރަޙައްދަށް އަންނާނެއެވެ. އަދި ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް 6 މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް ވަނީ އިތުވެފައެވެ. މަގު ތަރައްގީކޮށްފަވަނީ 4 ލޭނަށެވެ.

މި މަސައްކަތުގައި ހިމަނައިގެން ބާޒާރުމަތީ ސަރަޙައްދު ބަނދަރު އެއްގަމު ތޮށިވެސް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން ބަނދަރުގެ 260 މީޓަރުގެ އެއްގަމު ތޮށި ވަނީ ބަދަލުތަކާއެކު މުޅިން އަލުން ތަރައްޤީކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެދަށުން ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި ހިމެނޭ 140 މީޓަރުގެ މަސައްކަތް ނިންމާލާ، އެ ސަރަޙައްދު ބޭނުންކުރަން ހުޅުވާލީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ވަށަމަގުން އަލަށް ތާރެއެޅިބައި އަންނަ ހަފުތާގައި ހުޅުވާލަނީޚަބަރު | ގަޑިއިރެއް ކުރިންސުނާމީ މައިޒާން ތަރައްގީކުރަން ފަށައިފިޚަބަރު | ދުވަހެއް ކުރިންފ އަދި ދ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | ދުވަހެއް ކުރިންމާވަށުގައި ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް!ޚަބަރު | 5 ދުވަސް ކުރިން