logo
Bank of Maldives

Bank of Maldives

ޚަބަރު

މާވަށުގައި ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 05:51
މާވަށުގައި ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ލ. މާވަށުގެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު މިހާތަނަށް 8 ވަރަކަށް ހެކްޓަރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ - އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، އެރަށުގައި 30 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމާފައެވެ. އަދި އޭގެ ތެރެއިން 8 ހެކްޓަރުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރަށުގެ ބިން ހިއްކަނީ މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށަކަށް ވާތީއެވެ. އެރަށުގައި އެއްވެސް ކަމަކަށް ދޫކުރާނެ ބިމެއް މިހާރަކު ނެތެވެ. ދިރިއުޅުމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރުކުރިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ހައްދުންމަތީ މާވަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާއެވެ. އެރަށުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ 15 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އިތުރު 15 ހެކްޓަރު އިތުރުކޮށްދެއްވާ، ޖުމްލަ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައެވެ.

މިމަޝްރޫޢުގެ ދަށުން މާވަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެމްޓީސީސީން އެރަށުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންދާއިރު، ބިން ހިއްކުމުގެ މަސައްކަތް 24 ގަޑިއިރު މިހާރު ކުރިއަށްގެންދެއެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށެވެ. އެގޮތުން އެންމެފަހުން ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އަލަށް ހިއްކާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށާއި އެސަރަޙައްދުގައި ބޮޑު ފުޓުބޯޅައަށް ޚާއްސަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.

މިމަސައްކަތް ނިމިގެންދާއިރު އެސަރަޙައްދުގައި މާވަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ އިސްކަމެއް ދޭންޖެހޭނީ، ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް: ރައީސްޚަބަރު | 34 މިނިޓު ކުރިންމަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސްޚަބަރު | 38 މިނިޓު ކުރިންކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފައްޓަވައިފިޚަބަރު | ގަޑިއިރެއް ކުރިން''އިސްލާމީ އުސޫލު އިސްކޮށް އިސްލާމީ ދާއިރާއިން ކާމިޔާބު ގިނަގުނަ މަސައްކަތްތައް ކުރުމުގައި ފަސްޖެހުމެއްނެތް''ރިޕޯޓް | ގަޑިއިރެއް ކުރިން