logo
MPL

MPL

ޚަބަރު

ފ އަދި ދ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 11:34
ފ އަދި ދ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ފ އަދި ދ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މި ދެ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް އަންނަ ހަފުތާގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އަދި މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީ އިން ބުނީ އެއީ، ފ. އަތޮޅުގެ 1 ރޫޓާއި، ދ. އަތޮޅުގެ 2 ރޫޓާއި ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓް ކަމަށެވެ. އަދި ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ، ނިލަންދުއާއި މީދޫއާއި ދެމެދުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހަފުތާގެ އަންގާރަ ދުވަހުކަމަށާއި މި ދަތުރުތައް ހަފުތާއެއްގެ މުއްދަތަށް ކުރިއަށްގެންދާއިރު ތަޖުރިބާ ދަތުރުތައް ކުރާނީ ހިލޭ ކަމަށް ވެސް ބުނެއެވެ.

އެމްޓީސީ އިން މިހާރު ގެންދަނީ، މި ދަތުރުތައް ފެށުމުގެ ކުރިން ރައްޔިތުން މިކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މި ސެޝަންތަކުގައި ރޫޓުތަކުގެ މައުލޫމާތާއި، އަގުތަކާއި، ފެރީގެ ހިދުމަތް ހޯދުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ދޭނެއެވެ.

ތަޖުރިބާ ދަތުރުތަކަށްފަހު، އަގު ނަގައިގެން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ދަތުރުތަކަށް 2 ފެރީ ބޭނުންކުރެއެވެ.

މިހާތަނަށް އާރްޓީއެލްގެ ހިދުމަތް ނުފެށި އޮތީ، ޒޯން 4 އަދި ޒޯން 3ގައެވެ. ޒޯން 4ގައި ހިމެނެނީ، މ، ފ، ދ އަދި ލ. އަތޮޅެވެ. ޒޯން 3ގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅެވެ.

ފެރީ ނިޒާމަކީ، ޚިދުމަތްތައް ހޯދުމަށް އަތްފޯރާ އަގެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ދޭ ޚިދުމަތެކެވެ. މިއީ، ދަތުރުފަތުރުގެ ވަރަށް ކާމިޔާބު ނިޒާމެކެވެ. އާރްޓިއެލްގެ ޚިދުމަތް ފެށީ 2022 ވަނަ އަހަރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 19 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 19 ދުވަސް ކުރިން