ސުނާމީ މައިޒާން ތަރައްގީކުރަން ފަށައިފި
10 ފެބްރުއަރީ 2026 - 14:54

ސުނާމީ ބިނާ މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތްކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

Ad by Hajj Corporation
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެފައިވާ ކަމަށެވެ. އަދި ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ ޝީޓް ޕައިލްތައް އައު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ މިއީ މާލޭގައި ހުރި އެކިއެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މަޝްރޫޢުއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މާލޭގައި ހިތްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ވެސް މި މަސަައްކަތަަށް ވަނީ ބަންދުކޮށްފައެވެ. އަދި ރަސްފަންނުވެސް މަރާމާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


