logo
MPL

MPL

ޚަބަރު

ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބާޒާރުމަތީ މަގު އާންމުންނަށް ހުޅުވާލައިފި

އިސްމާޢިލް ރާތިޢު
16 ފެބްރުއަރީ 2026 - 05:32
ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބާޒާރުމަތީ މަގު އާންމުންނަށް ހުޅުވާލައިފި

މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ފެށި ބާޒާރުމަތީ މަގު ތަރައްގީކުރުމުގެ މަސައްކަތް ނިންމާ، އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. މީގެ އިތުރުން، އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް، މަގަށް އިތުރުކޮށްފައިވެއެވެ.

ބޮޑު ތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމުގެ ކުރިން މަގު ފެހިކުރުމަށްޓަކައި، ދައުލަތުގެ 12 ވަޒީރުންގެ ބައިވެރިވެވަޑައިގަތުމާއެކު ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެއިތުރުން ދައުލަތުގެ އިސްވެރިންނާއި އެމްޓީސީސީގެ މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެފައި ވެއެވެ.

މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމި، އާންމުންނަށް ހުޅުވާލެވުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން، ގެދޮރުވެރިކަމާއި ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭ ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައި ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ، މިއަދު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 19 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 19 ދުވަސް ކުރިން