logo
MPL

MPL

ޚަބަރު

ފ. އަތޮޅާއި ދ. އަތޮޅުގައި އާރުޓީއެލް ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް އާންމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2026 - 07:21
އެމްޓީސީސީން އާރުޓީއެލް ޚިދުމަތުގައި ބޭނުންކުރާ ލޯންޗެއް ދަތުރުކުރަނީ، ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން އާރުޓީއެލް ޚިދުމަތުގައި ބޭނުންކުރާ ލޯންޗެއް ދަތުރުކުރަނީ، ފޮޓޯ: އެމްޓީސީސީ

މިދިޔަ ހަފުތާގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ސްޕީޑު ފެރީގެ ހިދުމަތް ފެށި ފ. އަތޮޅާއި ދ. އަތޮޅުގައި ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މިއަދު އާންމުކޮށްފިއެވެ.

މިއީ މި ދެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ރޭޓުތަކަށް ބަލާއިރު، މި ދެ އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 35 ރުފިޔާއިންނެވެ. އަދި ދެކޮޅު ދަތުރަކަށް އެންމެ ބޮޑު އަގަކަށް ނަގާނީ 130 ރުފިޔާއެވެ. މީގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 130 ރުފިޔާއިން ކަމަށްވާއިރު، އެންމެ ބޮޑު އަގަކީ 300 ރުފިޔާއެވެ.

އާރުޓީއެލްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު އާރުޓީއެލް ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ހުޅުވާލެވިފައެވެ.

އަގު ނަގައިގެން ދަތުރުތައް ފެށި ނަމަވެސް، އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަބަދުވެސް މި ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މިހާރު އަންނަނީ ރާއްޖޭގެ 12 އަތޮޅެއްގެ 123 ރަށަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މި މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 19 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 19 ދުވަސް ކުރިން