ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި
4 ޑިސެމްބަރު 2025 - 06:50

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޓީސީސީއިން ހުޅުވާލައިފިއެވެ.
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެާއި، އާންމުން ބޭނުންވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް ގެންދިއުމަށް ހިޔާލު ވަރަށް މުހިންމު ކަމަށް އެމަޓީސީސީ އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.
މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.
އެ މަޝްރޫއަށް ހިޔާލު ހުށަހެޅުމަށް އެމްޓީސީސީއިން ތައާރަފްކޮށްފައި ވާ ލިންކް https://forms.office.com/r/y5VvGMpphE އަށް ހިޔާލު ޙުށަހެޅޭނެއެވެ.


