logo
Bank of Maldives

Bank of Maldives

ޚަބަރު

އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅާއި ރ. އަތޮޅުގައި ފަށަނީ

އިސްމާޢިލް ރާތިޢު
27 ނޮވެމްބަރު 2025 - 12:15
އާރުޓީއެލް ފެރީއެއް
އާރުޓީއެލް ފެރީއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ހިދުމަތް، ޒޯން-2 ގެ ދެ އަތޮޅު ކަމަށްވާ ނ. އަދި ރ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 30 ވަނަ ދުވަހު، މިދެ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި ދެ އަތޮޅު، އާރުޓީއެލްގެ ވިއުގައިން ގުޅާލަން ހަމަޖެހިފައިވާ ދެރަށަކީ ރ. އުނގޫފާރު އަދި ނ. މަނަދޫ ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިދުމަތްދިނުމަށް ބޭނުންކުރާނީ 32 ސީޓުގެ ފެރީ ކަމަށާއި އެންސްޕާގައި ރަޖިސްޓަރކޮށްފައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓު ހާއްސަކޮށްފައި ވާނެ ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެރީގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ އާރުޓީއެލްގެ ވެބްސައިޓު ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ތިރީގައިވާ ލިންކުތައް މެދުވެރިކޮށް ޓިކެޓު ބައްލަވައިގަނެވޭނެއެވެ.

އެޕަލް: https://apps.apple.com/in/app/rtl-travel-app/id1605778705

އެންޑްރޮއިޑް: https://play.google.com/store/apps/details?id=com.scsoft.maldivesrtl

ވެބްސައިޓު: https://www.rtl.mv

ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ބައްލަވައިގަތުމުގެ އިތުރުން ފެރީ ޝެޑިއުލްވެސް ބެއްލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލްގެ ހިދުމަތް މިހާރު ޖުމްލަ 12 އަތޮޅެއްގައި ދެމުން އަންނަ ކަމަށާއި، ބާކީ އަށް އަތޮޅަށް އެ ހިދުމަތް ތައާރަފުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ރ. އަތޮޅާއި ނ. އަތޮޅާއި ދެމެދު އާރުޓީއެލްގެ ހިދުމަތް ށިގެން ދިއުމާއެކު މިދެއަތޮޅުގެ ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅާއި ރ. އަތޮޅުގައި ފަށަނީޚަބަރު | 4 ގަޑިއިރު ކުރިންބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމަންޓްގައި ތާރުއަޅަން ފަށައިފި ޚަބަރު | 6 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓްގެ %91 މަސައްކަތް ނިމިއްޖެ ޚަބަރު | 8 ދުވަސް ކުރިންޓެކްސީ ލައިން ފަށައިގަންނަން 407 ޑްރައިވަރުން، ފުރުސަތު ހުޅުވާލައިފިޚަބަރު | 8 ދުވަސް ކުރިން