logo
MPL

MPL

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގެ 97 އިންސައްތަ މަސައްކަތް ނިންމާލައިފި

އާމިނަތު ޝަފާ
4 ޑިސެމްބަރު 2025 - 12:22
ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގެ  97 އިންސައްތަ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

5 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ.

މި ބޮޑު މަޝްރޫޢުގެ ސެގްމަންޓް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ 130 މީޓަރުގެ ސަރަޙައްދެވެ. 

މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ 97 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ.

އެމްޓީސީސީން ދިން މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ސަބް-ގްރޭޑްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިކަމާ ގުޅިގެން ކެރިއޭޖްވޭގެ މަސައްކަތްތައް ފަށާފައިވާއިރު، މިހާރު ދަނީ އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) އެޅުމުގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ސަރވިސް ލައިންތަކާއި، ޑްރެއިނޭޖް ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ނިމިފައެވެ. ސެގްމަންޓް އެކެއްގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ. މަގު ފުޅާކުރުމުގެ ގޮތުން، އެއްގަމު ތޮށި ބޭރަށް 6 މީޓަރު ޖައްސައިގެން ވަނީ ތަރައްޤީކޮށްފައެވެ.

މި މަޝްރޫޢު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްޤީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއެއް ކަށަވަރުކޮށްދޭނެއެވެ.

މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށް 1 އަހަރާއި 3 މަސްތެރޭގައި ނިންމާގޮތަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 19 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 19 ދުވަސް ކުރިން