logo
Bank of Maldives

Bank of Maldives

ޚަބަރު

ދޮންހެރަ ހަލާލު ޓޫރިޒަމް ތަރައްްޤީކުރުމަށް ހުޅުވާލައިފި

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 05:21
ދޮންހެރަ ހަލާލު ޓޫރިޒަމް ތަރައްްޤީކުރުމަށް ހުޅުވާލައިފި

އައްޑޫ ސިޓީ  ދޮންހެރަ ހަލާލު ޓުއަރިޒަމަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލަފިއެވެ.

މި މަޝްރޫއުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 498،420 ޑޮލަރެވެ. މި މަޝްރޫޢުގެ ޕްރީ ބިޑު މީޓިން މިމަހުގެ 27ވަނަ ދުވަހާއި އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ބިޑު ހުށައެޅުން އޮންނާނީ 8 ޑިސެމްބަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދޮންހެރަ  ދޫކުރަނީ ފަތުރުވެރިކަމާ ބެހޭ ގާނޫނުގެދަށުން 5 އަހަރުދުވަހުގެ މުއްދަތަކަށެވެ. އެއްބަސްވުން ގާއިމުކުރާތާ 3 އަހަރު ދުވަހުގެތެރޭގައި ރަށް ތަރައްގީކޮށް ހިދުމަތްދޭންޖެހޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ ކުރިން އައްޑޫ ސިޓީން ހަލާލު ޓޫރިޒަމަށް ތަރައްގިކުރަން ނިންމީ ހަންކެޑައެވެ. ނަމަވެސް އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ޤަރާރު އުވާލައްވައި ހަންކެޑެ މިހާރުވަނީ ސަރުކާރަށް ނަގާފައެވެ.  "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން ވެސް ހަންކެޑަ އުނިކޮށްފައިވާއިރު ސަރުކާރުންވަނީ އެރަށުގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް ނިންމާފައެވެ.

ދޮންހެރަ އަކީ ފަތުރުވެރިކަމުގެ ބޭނުންތަކަށް މީދޫ ފަޅުތެރެއިން އަލަށް ހިއްކި 8 ހެކްޓަރުގެ ރަށެެކެވެ. އެ ރަށުން 100 އެނދު ފަތުރުވެރިކަމަށް ނެރުމަށް ވަނީ އަމާޒު ހިފާފައެވެ.

ހަލާލު ޓުއަރިޒަމް ކުރިއަށްދިއުމަށް ދޮންހެރައާ ލައިގެން ސަރުކާރުން ވަނީ 7 ރަށެއް އިއުލާނުކޮށްފައެވެ.

ހަލާލު ޓުއަރިޒަމަށް ތަރައްގީކުރާ ރަށްތައް:

ސ. ދޮންހެރަ
ހއ. ކަނޑާލިފިނޮޅު
ހދ. މަކުނުދޫ ފަރު
ށ.ފުށިފަރު
ތ. މާގުޅި
ލ.ފޮނަގާދޫ

ހއ. ބީނާފުށި

ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ހަލާލު ޓުއަރިޒަމް ރާއްޖޭގައި ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދޮރެއް ހުޅުވިގެންދާނެކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިން ޚަބަރު | ދުވަހެއް ކުރިންއަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 598,215 ފަތުރުވެރިންޚަބަރު | 6 ދުވަސް ކުރިންރަޝިއާއިން ދެ ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ޚަބަރު | 11 ދުވަސް ކުރިންދޮންހެރަ ހަލާލު ޓޫރިޒަމް ތަރައްްޤީކުރުމަށް ހުޅުވާލައިފިޚަބަރު | 15 ދުވަސް ކުރިން