އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިން
17 އޮކްޓޯބަރު 2025 - 07:00

އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްކޮށްފިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށްވުރެ މައްޗަށް އަރައި ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ.

Ad by Hajj Corporation
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 99،379 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 5 ގައުމު:
* ޗައިނާ: 282،682 ފަތުރުވެރިން
* ރަޝިއާ: 211،263 ފަތުރުވެރިން
* އިނގިރޭސިވިލާތް: 151،217 ފަތުރުވެރިން
* ޖަރުމަނުވިލާތް: 124،777ފަތުރުވެރިން
* އިޓަލީވިލާތް: 155،832 ފަތުރުވެރިން
މިިހާތަނަށް 174 ރިސޯޓު، 929 ގެސްޓުހައުސް، 163 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,282 ޓޫރިސްޓު ފެސިލިޓީއެއް ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މި ތަންތަނުން ފަތުރުވެރިކަމަށް 64,806 އެނދު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރު 1,252,924 ފަތުރުވެރިން ޗުއްޓީހޭދަކުރީ ރިސޯޓުތަކުގައެވެ.