ރަޝިއާއިން ދެ ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
7 އޮކްޓޯބަރު 2025 - 04:49

އަހަރުގެ މިހާތަނަށް ރަޝިއާގެ ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ

Ad by Hajj Corporation
203،737އަށް އަރާފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،669،101 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 10 ގައުމު:
- ޗައިނާ – 274,698
- ރަޝިއާ – 203,737
- އިނގިރޭސިވިލާތް – 146,805
- ޖަރުމަނު – 117,406
- އިޓަލީ – 113,719
- އިންޑިއާ – 96,770
- އެމެރިކާ – 48,435
- ފްރާންސް – 43,488
- ސްޕެއިން – 40,236
- އޮސްޓްރޭލިއާ – 31,639
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އަމާޒަށް ވާސިލުވުމަށް ދެން ބާކީ ބޭނުންވަނީ 6 ލައްކައެއްހައި ފަތުރުވެރިންނެވެ.