logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 598,215 ފަތުރުވެރިން

އާމިނަތު ޝަފާ
12 އޮކްޓޯބަރު 2025 - 11:20
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 598,215 ފަތުރުވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ހޮނިހިރުދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,701,785 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރިކަމަށް ރެކޯޑުކުރެވިފައިވަނީ 1,546,319 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން 279,690 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި އޮތް ރަޝިޔާއިން 208,329 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 149,424 ފަތުރުވެރިން، ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތުން 120,922 ފަތުރުވެރިން އަދި ފަސްވަނައިގައި އޮތް އިޓަލީވިލާތުން 106،230 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މިިހާތަނަށް 174 ރިސޯޓު، 929 ގެސްޓުހައުސް، 163 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,282 ޓޫރިސްޓު ފެސިލިޓީއެއް ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މި ތަންތަނުން ފަތުރުވެރިކަމަށް 64,806 އެނދު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރު 1,252,924 ފަތުރުވެރިން ޗުއްޓީހޭދަކުރީ ރިސޯތުތަކުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިން ޚަބަރު | 2 ދުވަސް ކުރިންއަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 598,215 ފަތުރުވެރިންޚަބަރު | 6 ދުވަސް ކުރިންރަޝިއާއިން ދެ ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ޚަބަރު | 12 ދުވަސް ކުރިންދޮންހެރަ ހަލާލު ޓޫރިޒަމް ތަރައްްޤީކުރުމަށް ހުޅުވާލައިފިޚަބަރު | 16 ދުވަސް ކުރިން