logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

މަތީ ސާނަވީގެ ދަރިވަރުންނަށް "މާލޭ ވޮކޭޝަނަލް ހައި ސްކޫލް"ގެ ނަމުގައި އައު ސްކޫލެއް ހުޅުވަނީ

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 05:46
މަތީ ސާނަވީގެ ދަރިވަރުންނަށް "މާލޭ ވޮކޭޝަނަލް ހައި ސްކޫލް"ގެ ނަމުގައި އައު ސްކޫލެއް ހުޅުވަނީ

މަތީ ސާނަވީ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް) )ގައި ވޮކޭޝަނަލް ޕާތުވޭ އަށް މަތީ ޘާނަވީ މަރުހަލާގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް)ގެ ނަމުގައި ސްކޫލެއް ހުޅުވަން ނިންމައި، އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްޝަ އެ ސްކޫލަށް ވަނުމުގެ ފުރުޞަތު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށައަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. އެ ފޯމް އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަތީ ޘާނަވީ ވޮކޭޝަނަލް ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ، 2024 ނުވަތަ 2025 ވަނަ އަހަރު ގުރޭޑް 10 ނިންމާފައިވުމާއި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 18 އަހަރު ފުރިފައި ނުވުމެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، ފޯމް ހުށައަޅާ ދަރިވަރުންނަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޖާގަ ހަމަޖެހުނުކަން އަންގަމުން ގެންދާނެ ކަމަށެވެ. އަދި ދަރިވަރުން އަދި އެޕްލިކޭޝަން ހުށަހަޅާފައިވާ އީމެއިލަށް މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ދަރިވަރު ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދު ޙިއްސާކުރެވޭނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ފަށައިފިޚަބަރު | 2 މަސް ކުރިންދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ ޚަބަރު | 2 މަސް ކުރިންގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން ޚަބަރު | 2 މަސް ކުރިންދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށްޚަބަރު | 3 މަސް ކުރިން