logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްޠީނުގެ ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދޭން ގޮވާލައިފި

އާމިނަތު ޝަފާ
9 ނޮވެމްބަރު 2025 - 18:00
ފަލަސްޠީނުގެ ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދޭން  ގޮވާލައިފި

ފަލަސްޠީނުގެ ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދޭން ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ތަޢުލީމީ ވަސީލަތްތައް އަލުން ބިނާކޮށް، ތަޢުލީމީ ޙަރަކާތްތައް އަލުން ފެށުމަށް މާލީ އަދި ފަންނީ އެހީތެރިކަން ޣައްޒާ ހިމެނޭހެން ފަލަސްޠީނަށް ފޯރުކޮށް ދޭންޖެހޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވީ، ޔޫއެންއާރްޑަބްލިއުއޭ އަދި ޔުނެސްކޯގެ މަސައްކަތްތަކަށް އަޅުގަނޑުމެން އަގުވަޒަންކުރާ ކަމަށެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކަންބޮޑުވަނީ ހިފާފައިވާ ފަލަސްޠީނު ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ޣައްޒާ އަދި ވެސްޓް ބޭންކްގައި ދަރިވަރުންގެ ތަޢުލީމީ ގެއްލުންތަކާއި ތަޢުލީމު ކުރިއަށް ގެންދިއުމުގެ ދަތިތަކުގެ ސަބަބުންނެވެ. ހިސާރުކޮށްފައިވާ ފަލަސްޠީނު ސަރަޙައްދުތަކުގެ ދަރިވަރުންގެ ކިބައިގައި ވަނީ ހިތަށް ނުގެނެވޭފަދަ ދަތިތަކުގެ ތެރެއިން ވެސް ތަޢުލީމު ހޯދުމުގެ ވަރުގަދަ ޢަޒުމެއް ކަމަށް ޑރ. އަޙްމަދު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން ގަބޫލުކުރާ ގޮތުގައި ހިސާރުކޮށްފައިވާ ފަލަސްޠީނު ސަރަޙައްދުތަކުގައި ތިބި ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދީ، ތަޢުލީމީ ޙަރަކާތްތަކަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ އަޚްލާޤީ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައްކާތެރި ކަމާއެކު ތަޢުލީމު ފޯރުކޮށްދިނުން، ނަފްސާނީގޮތުން އަސަރުކޮށްފައިވާ އަދި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ ޣައްޒާގެ ކުދިންނަށް އިތުރަށް މުހިންމު ކަމަށާއި އިންސާނީ އެހީތެރިކަމަކީ ފަލަސްޠީނު ދަރިވަރުންގެ ޞިއްޙަތާއި ސަލާމަތްތެރިކަމަށް އެއީ ނުހަނު މުހިންމު ކަމެއްކަން ޑރ. އަޙްމަދު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ގޮވާލަނީ، ޣައްޒާ ހިމެނޭ ގޮތަށް ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ތަޢުލީމީ އިންފްރާސްޓްރަކްޗަރ އާރާސްތުކުރުމަށާއި، ތަޢުލީމީ ޙަރަކާތްތައް އަލުން ފަށައި، މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްބާރުލުން ދިނުމަށެވެ. މާލީ އަދި ފަންނީ އެހީގެ ސަބަބުން ތައުލީމު އަލުން އިއާދަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ޑރ. އަޙްމަދުގެ ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ފަށައިފިޚަބަރު | މަހެއް ކުރިންދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ ޚަބަރު | މަހެއް ކުރިންގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން ޚަބަރު | 2 މަސް ކުރިންދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށްޚަބަރު | 2 މަސް ކުރިން