logo
MPL

MPL

ޚަބަރު

ތުއްތު ކުދިންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނެތް: ވަޒީރު ޝަފީޢު

އިސްމާޢިލް ރާތިޢު
11 ޑިސެމްބަރު 2025 - 10:25
ތުއްތު ކުދިންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނެތް: ވަޒީރު ޝަފީޢު

ޅަ އުމުރުފުރާތަކުގެ ކުދިންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރަން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ތައުލީމާބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ތުއްތު ކުދިންގެ ދިވެހިބަހުގެ ހުނަރު ތަރައްގީކުރުމަށް ފެށި "ނެޝަނަލް އަރލީ ލަރނިންގ ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ތުއްތު ކުދިންގެ ދިވެހި ބަހުން ވާހަކަދެއްކުމާއި ލިޔެކިއުމުގެ ފެނވަރު ދަށްވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް މިކަން ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކުރެވިއޮތްކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޭންޖުއޭޖް ޑީވެލޮޕްމަންޓުގެ އެކި ފިޔަވަހިތަކަށް ބަލާއިރު އެންމެ މުހިންމު އެއް އުމުރުފުރާއަކީ ޕްރައިމަރީ އުމުރުފުރާ ނަމަވެސް އެކުދިންގެ އުމުރުފުރައަށް ހާއްސަ އޯޑިއޯ/ވިޝުއަލް ފޮތްތަކާއި، ފިލްމުތައްފަދަ ތަަކެތި ބާޒާރުގައި ނެތްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ އެކުދިންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމަށްޓަކައި ދިވެހި ބަސް އުނގަންނައިދިނުމުގެ ވަސީލަތްތައް ތަރައްގީކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގައި މިފަދަ ވަސީލަތްތައް ތަރައްގީކުރެވޭނެ ގާބިލު ބޭފުޅުން ރާއްޖޭގައި އެބަ ތިއްބެވިކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މިފަދަ ބޭފުޅުން ވުޒާރާގެ މި މަސައްކަތުގައި ބައިވެރިވެވަޑައިގެން، ރަނގަޅު ކޮންޓެންޓުތަކެއް އުފެއްދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިދާއިރާއަކީ ދިވެހި ކުންފުނިތަކުން ވުނަކުރުން މުހިންމު ދާއިރާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ވުޒާރާގެ ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމަކީ ބޯއިންގްގެ އެހީތެރިކަމާއެކު ރޫމްޓުރީޑްއިން، ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން، ދިވެހި ބަހުން ކިޔެވުމާއި ޕްރައިމަރީ ތައުލީމު ހަރުދަނާކުރުމަށްޓަކައި، ދިވެހި ބަހަށް ފައްތާފައިވާ ކުޑަކުދިންގެ ފޮތްތަކެއް ޕްރިންޓުކޮށް، ޑިޖިޓައިޒްކޮށް، އަދި ގައުމީ ފެންވަރުގައި ހުރިހާ ޕްރައިމަރީ ސްކޫލްތަކަށް ވަނީ ބަހާފައެވެ. ދިވެހި ބަހުން ލިޔެފައިވާ 15 ފޮތެއްވަނީ ލޯންޗުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ވަޒީރު ހިތްވަރު ދެއްވައިފިޚަބަރު | 25 ދުވަސް ކުރިން އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފިޚަބަރު | މަހެއް ކުރިންއަންނަ ދިރާސީ އަހަރަށް އެލްކޭޖީ އަދި ގްރޭޑް 1 އަށް ވެއްދުމަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިން 2025 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ފަށައިފިޚަބަރު | 9 މަސް ކުރިން