logo
Bank of Maldives

Bank of Maldives

ޚަބަރު

ކުލާސްރޫމްތައް އޭސީ ކުރަން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރާނެ ބަޔަކު ސްކޫލުތަކުން ހޯދަނީ

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 10:55
ކުލާސްރޫމްތައް އޭސީ ކުރަން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރާނެ ބަޔަކު ސްކޫލުތަކުން ހޯދަނީ

ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ ކުރިން ކުރަން ޖެހޭ މަރާމަތުގެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ސްކޫލްތަކުން ފަށައިފިއެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކޫލާސްރޫމްތައް އޭސީ ހަރުކޮށްދޭން ސަރުކާރުން އޮތީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭސީ ހަރުކުރުމުގެ ކުރިން ކުލާސްރޫމްތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރަން ކޮންމެ ސްކޫލަކުން އިއުލާން ކުރަމުން ދަނީ ވަކިންނެވެ. ކުލާސްތަކުގެ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭގެ ސްކޫލްތަކުން ވެސް އިއުލާން ކޮށްފައިވެއެވެ.

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މާލޭގެ ސްކޫލްތަކުން އިއުލާން ކޮށްފައި ވަނީ، ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

ސަރުކާރުން ހިންގާ 217 ސްކޫލުގައި ހުރި 3،740 ކްލާސް ރޫމް އޭސީ ކުރަން ޖެހޭއިރު، މި އަހަރުގެ މެއި މަހުގެ ނިޔަލަށް އޭސީ ކޮށްފައި ވަނީ 401 ކްލާސްރޫމެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކޫލް ސްކޫލް ޕްރޮޖެކްޓް ސަރުކާރުން ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ކ. މާފުށީ ސްކޫލުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ފަށައިފިޚަބަރު | 3 މަސް ކުރިންދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ ޚަބަރު | 3 މަސް ކުރިންގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން ޚަބަރު | 3 މަސް ކުރިންދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށްޚަބަރު | 4 މަސް ކުރިން